ads
ސ. ހިތަދޫގައި ގާއިމްކުރި އޫރިދޫ ޑިޖިޓަލް ސެންޓަރު
އުރީދޫގެ ޑިޖިޓަލް ސެންޓަރެއް ހިތަދޫގައި
އުރީދޫގެ 24 ގަޑިއިރު ލިބޭ ހިދުމަތްތަކާއިއެކު ޑިޖިޓަލް ސެންޓަރެއް އައްޑޫ ސިޓީ، ހިތަދޫގައި ހުޅުވައިފި އެވެ.

އޫރިދޫގެ ހިދުމަތް ހިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިތަދޫގައި ހުޅުވި އެ ޑިޖިޓަލް ސެންޓަރުން އުރީދޫ ކަސްޓަމަރުންނަށް 24 ގަޑިއިރު އުރީދޫގެ ހިދުމަތްކުގެ ތެރެއިން ސެލްފް-ސާވިސްގެ ހިދުމަތް ލިބެން ހުންނާނެ ކަމަށް އުރީދޫ އިން ބުނެއެވެ.


އުރީދޫ އިން ބުނީ އެތަނުން ބޭނުން ކޮންމެ ގަޑިއެއްގައި ރީޗާޖުކުރުމުގެ ހިދުމަތާއި، ކޭޝް އިން ޕްރޮސެސްގެ އިތުރުން ބިލްތަކަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް ވެސް ލިބެން ހުންނާނެ ކަމަށެވެ.

ހިތަދޫގައި ހުޅުވިގެން މިދިޔަ ޑިޖިޓަލް ސެންޓަރާއިއެކު މިއީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ފަސޭހައަކަށް ވާނެ އެވެ. އުރީދޫ އިން ވަނީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އެ ހިދުމަތް ގާއިމްކޮށްދީފަ އެވެ. 

އަދި ރާއްޖޭގެ އެހެން އިތުރު ހިސާބުތަކުގައި ވެސް އެ ހިދުމަތް ގާއިމްކުރުމަށް އޫރިދޫއިން އަންނަނީ މަސައްކަތްކުރަމުންނެވެ. މިހާރު އެ ހިދުމަތް އޫރިދޫގެ ފަރާތުން ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަށް ސިޓީގެ އިތުރުން ގދ. ތިނަދޫގައި ވެސް އަންނަނީ ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް