ads
ޑރ. ނަޒްލާ ރަފީގް--
ޑރ. ނަޒްލާ ކަރަންޓީނަށް
ކޮވިޑް-19 އަށް ޕޮޒިޓިވްވި އާއިލާގެ މީހަކާއި ކޮންޓެކްޓްވެފައިވާތީ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ކަރަންޓީންވެއްޖެ އެވެ.

ޑރ. ނަޒްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާއިލާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާތީ ގައިޑްލައިންއާއި އެއްގޮތަށް މިވަގުތު ހުންނެވީ ހޯމް ކަރަންޓީނުގައި ކަމަށެވެ. 

އަދި ހާލު ވެސް ރަނގަޅު ކަމަށް ވިދާޅުވެ، ޑރ. ނަޒްލާ ވަނީ އެޗްއީއޯސީން ބާއްވާ ޕްރެސްތަކުގައި ގޭގައި އިންނަވައިގެން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު އުވާލާއި، އަލުން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ހިދުމަތް ފަށައި އެތަނުގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ރަފީގް ވަނީ ހަމަޖައްސަވާފަ އެވެ.

އޭގެ ކުރިން އެންއީއޯސީން ޕްރެސްތައް ބާއްވަމުން އައިއިރު ވެސް ޑރ. ނަޒްލާ ވަނީ ގިނަ ޕްރެސްތަކުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނަަށް ކޮވިޑާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް