ads
ބިދޭސީ މީހަަކު ގައިން ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ކޮވިޑުން ރަނގަޅުވި އަަދަދު 3000 އިން މައްޗަށް
ރާއްޖެއިން ކޮވިޑް ޖެހިގެން ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 3000 އިން މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތަށް ބަލާއިރު މިއަދު ވަނީ 90 މީހަކު ބަލިން ރަނގަޅުވެފަ އެވެ. އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި ޖުމްލަ އަދަދު ވަނީ 3010 އަށް އަރާފަ އެވެ. 

މިއަދު ވެސް 78 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން 74 މީހަކު މާލެއިން ޕޮޒިޓިވްވިއިރު ބާކީ ހަތަރު މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިހާރު ރާއްޖެއިން ބަލި ޖެހުނު ޖުމްލަ އަދަދު މިވަނީ 5,572 އަށް އަރާފަ އެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2540 ގަ އެވެ. 

އެޗްޕީއޭގެ މައުލޫމާތަށް ބަލާއިރު އިއްޔެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހުންގެ އަދަދު އުޅުނީ 156 ގައި ނަމަވެސް މިއަދު އެއަދަދު އުޅެނީ 150 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް