ads
ޕްރިޔަންކާ، ކަރީނާ އަދި ދިޕިކާގެ ބޮލީވުޑްގެ ފުރަތަމަ ފެނިލުން
ޕްރިޔަންކާ ޗޯޕްރާ އާއި ކަރީނާ ކަޕޫރް އަދި ދިޕިކާ އަކީ ބޮލީވުޑްގެ ކާމިޔާބު ތަރިންގެ ތެރެއިން ފާހަގަކޮށްލެވޭ ތިން ތަރިން ނެވެ.

ބޮލީވުޑްގައި މި ތިން ތަރިން ހޭދަކުރި އަހަރު ތަކުގައި، މި ތިން ތަރިންވެސް ވަނީ ގިނަ ފިލްމު ތަކަކުން ތަފާތު ރޯލުތަކުން ފެނިގެން ގޮސްފަ އެވެ. އެހެން ނަމަވެސް މި ތަރިންގެ ފުރަތަމަ ފެނިލުން މަތިން ގިނަ ފަރާތްތަކުން ހަނދާނެއް ނުހުރެ އެވެ. 

ޕްރިޔަންކާ ޗޯޕްރާ އެންމެ ފުރަތަމަ ބޮލީވުޑްގެ ފިލްމަކުން ފެނިގެން ގޮސްފައި ވަނީ 2003 ވަނަ އަހަރު އެވެ. އެއީ އަނިލް ޝަރްމާ ޑައިރެކްޓު ކޮށްފައިވާ، ހީރޯ: ދަ ލަވް ސްޓޯރީ އޮފް އަ ސްޕައި އިން ނެވެ. 

your image

އެ ފިލްމުން ޕރިޔަންކާ އާއި އެކު ސަނީ ޑިއޯލް، ޕްރިތީ އަދި ކަބީރް ބޭޑި އަދި އަމްރިޝް ޕޫރީ ފެނިގެން ދެ އެވެ. އޭރު ޕްރިޔަންކާގެ އުމުރުން އެންމެ 21 އަހަރެވެ. 

ކަރީނާ ކަޕޫރު ބޮލީވުޑް އިން އެންމެ ފުރަތަމަ ފެނިގެން ދިޔައީ އުމުރުން 20 އަހަރުގައި އެވެ. އެއީ 2000 ވަނަ އަހަރު ރިލީސް ކުރި، ފިލްމު ރެފިއުޖީ އިން ނެވެ. 

your image

ޖޭޕީ ޑުޕްތާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުން ކަރީނާ އާއި އެކު ޖެކީ ޝްރޮފް އާއި ސުނިލް ސެޓީގެ އިތުރުން އަނުޕަމް ހާ ފެނިގެންދެ އެވެ. މި ފިލްމަކީ އަބީޝޭކް ބައްޗަންގެ ވެސް ފުރަތަމަ ފިލްމެވެ. 

ދިޕިކާ ބޮލީވުޑްގެ ފިލްމަކުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2007 ވަނަ އަހަރު އެވެ. އެ ފިލްމުން ދިޕިކާ އާއި އެކު ފެނިގެން ދަނީ ޝާހް ރުކް ހާން އެވެ. 

your image

އެ ފިލްމަށް ބޮޑު ތާއީދެއް ލިބިފައިވާ އިރު، އެ ފިލްމު ކުޅުނި އިރު ދިޕިކާ އަށް 21 އަހަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް