ads
ފ. ނިލަންދޫ--
އަނެއްކާވެސް އިތުރު ދެ މީހަކު ނިލަންދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް
ފ. ނިލަންދޫ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނިލަންދޫ އިން މިއަދު ހަވީރު ވެސް ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެއީ ހޯމް ކަރަންޓީނުގައި ދެ ގެއެއްގައި ތިބި އަންހެނަކާއި ފިރިހެނެކެވެ. 

އެރަށު ކައުންސިލުގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިރޭ ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މިރޭ އިތުރު ދެ މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެދެ މީހުންނަކީ ވެސް ކުރިން ޕޮޒިޓިވްވި އަންހެން މީހާގެ އާއިލާގެ މެމްބަރުންނެވެ. އަދި އެމީހުން ކަރަންޓީނުވެފައި ތިބީ އެއް ތަނެއްގައި ކަމަށް ވެސް ވިދާޅުވި އެވެ. 

ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެ، އިއްޔެ ނެގި ސާމްޕަލުން އެ މީހުން ބައްޔަށް ޕޮޒިޓިވްކަން އެނގުނުއިރު މިއާއެކު އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ ހަތަރަކަށް އަރާފަ އެވެ. 

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް އެޗްޕީއޭ އިން ވަނީ މިރޭ ހައެއް ޖަހަނިކޮށް އެރަށް މޮނިޓަރިންގެ ހާލަތަށް ވެސް ގެނެސް، ރަށަށް އަރާއި ފޭބުން މަނާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް