ads
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ -- ފޮޓޯ: ރައީސް އޮފީސް
މައުލޫމާތު ހޯދަން އިދާރާތަކަށް ހުށަހެޅުމުން ނިންމި ގޮތް އަންގަން އެދިއްޖެ
މައުލޫމާތު ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ ހުށަހެޅުންތަކާއި، އެފަދަ ހުށަހެޅުންތަކާ މެދު އަމަލުކުރި ގޮތް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ހިއްސާކުރުމަށް ދައުލަތުގެ އިދާރާތަކަށް އަންގައިފި އެވެ.
މައުލޫމާތު ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ ހުށަހެޅުންތަކާއި، އެފަދަ ހުށަހެޅުންތަކާ މެދު އަމަލުކުރި ގޮތް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ހިއްސާކުރުމަށް ދައުލަތުގެ އިދާރާތަކަށް އަންގައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިކަން އަންގާފައިވަނީ ދައުލަތުގެ އެންމެހާ އިދާރާތަކަށާއި، އިދާރާތަކުގެ އެންމެ އިސްވެރިންނަށާއި، އިދާރާތަކުގެ ޒިންމާދާރު އިސްވެރިންނަށާއި އަދި އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުން ފޮނުވާފައިވާ އާންމު ސިޓީއެއްގަ އެވެ.

އިއްޔެގެ ތާރީހުގައި ފޮނުވާފައިވާ މިސިޓީގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ އިދާރާތަކުގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދިނުން ކަމަށެވެ. އެހެންކަމުން މިގާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގައިވާ ފަދައިން މައުލޫމާތު ހޯދުމާއި ލިބިގަތުމަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމަކީ ތަންފީޒުކުރެވޭނެ ހައްގެއްކަން ކަށަވަރުކުރުމަށް ބޭނުންވާ ކަމަށްވެސް ސިޓީގައިވެ އެވެ.

އެކަން ކަށަވަރުކުރުމުގެ ގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ ހުށަހެޅުންތަކާއި، އެފަދަ ހުށަހެޅުންތަކާ މެދު އަމަލުކުރި ގޮތް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށްވެސް ސިޓީގައިވެ އެވެ.

އެހެންކަމުން އިއްޔެއިން ފެށިގެން ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ މައުލޫމާތާއި ހުށަހެޅުންތަކަށް ޖަވާބުދެއްވުމަށްފަހު އެ މައުލޫމާތު ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެންގުމަށްވެސް އެ އޮފީހުގެ ސިޓީގައި ވަނީ އަންގާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް