ads
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު——
ގުރައިދޫގައި މެޑިކަލް އެމެޖެންސީ ރޫމެއް ހެދުމުގރ މަސައްކަތް ފަށައިފި
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މެޑިކަލް އެމެޖެންސީ ރޫމެއް ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް ޖެންޑަ މިނިސްޓްރީން ބުނެފި އެވެ.

ޑިރެކްޓަރު އައިޝަތު ނާޒް ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިމަޖެންސީ ރޫމް ހެދުމަށް ބޭނުންވާ އެއްބައި ތަކެތި މިހާރުވަނީ ލިބިފައިކަމަށެވެ.

"ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފުރަތަމަ ލިބުނު އެހީތައް 15 ވަރަކަށް ދުވަހު އެ އެއްޗެހި ޑިސްޓްރިބިޔުޓް ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ބަހައްޓަން ޖެހުނު،" ނާޒް ވިދާޅުވިއެވެ.

ނާޒް ވިދާޅުވީ އެހެންނަމަވެސް މިހާރުވަނީ އޭގެތެރެއިން ބައެއްތަކެތި އެފަރާތްތަކަށް ހަވާލުކުރެވި އެމަސައްކަތްތައް ފެށިފައިކަމަށާއި އަދި ލިބެންޖެހޭ ތަކެތި ހުރުމާއިއެކު އެއްޗެހި ލިބޭވަރަކުން މަސައްކަތް ކުރިއަށް ގެންދާގޮތަށް ނިންމާފައިވާ ކަމަށެވެ. 

ނާޒު އިތުރަށް ވިދާޅުވީ އެމެޖެންސީ ރޫމް ތައްޔާރު ކުރުމަށްޓަކައި ވެންޓިލޭޓަރު ފަދަ އަގުބޮޑު ތަކެތި ޑަބްލިއުއެޗްއޯގެ އެހީގައި ލިބިފައިވާ ކަމަށެވެ. 

ނާޒް ފާހަގަކުރެއްވި ގޮތުގައި ޑަބްލިއުއެޗްއޯ އާއި ގުޅިގެން ކުރިއަށް ގެންދާ އެހީ ތަކަކީ އިޖްތިމާއި ރައްކާތެރިކަމާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް ދެނެގަނެ އޭގެ އިތުރުން ބަލިމަޑުކަމާއި ގުޅިގެން އައިސްފައިވާ ރިކުއެސްޓްތަކާއި އެކު ކުރެވެމުން ދާ ކަންކަންކަމަށެވެ. 

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މެޑިކަލް އެމެޖެންސީ ރޫމެއް ތައްޔާރުކުރުމުގެ މަސައްކަތް ޖެންޑަ މިނިސްޓްރީން ކުރަމުންދާއިރު އެ މިނިސްޓްރީން ދަނީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ފޯރުކޮށް ދެމުންނެވެ.  

ޖެންޑަ މިނިސްޓްރީން އެ ހަރަކާތްތައް ގެންދަނީ ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އަދި ޔޫއެންޑީޕީގެ އިތުރުން އެސްޓީއޯ އާއި ގިނަ އަދަދެއްގެ އަމިއްލަ ޖަމިއްޔާ ޖަމިއްޔާތަކުގެ އެހީތެރިކަމާއެކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް