ads
އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
މުއްދަތު ހަމަވުމުގެ ކުރިން ގަވާއިދުތައް ވަނީ ހަދާފައި: އޭސީސީ
ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުރިހާ ގަވާއިދެއް ވެސް ހަދާފައިވާ ކަމަށް އޭސީސީ އިން ބުނެފި އެވެ.

ޖިނާއީ ކުށްތައް ތަހުގީގުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅިފައިވާ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދަން ޖެހެ އެވެ. 2017 ވަނަ އަހަރުގެ ޖުލައި ދެ ވަނަ ދުވަހު އެ ގާނޫނަށް އަމަލުކުރަން ފެށިއިރު އޭސީސީން ބުނާ ގޮތުގައި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް 2017 އޮކްޓޫބަރު ދެ ވަނަ ދުވަހު ވަނީ ހަދާފަ އެވެ.

މުއްދަތު ހަމަވުމުގެ ކުރިން ގާނޫނުތައް ހަދާފައިވާ ކަމަށް އޭސީސީން ބުނެފައި މިވަނީ އޭސީސީ މެމްބަރުން ގާނޫނީ ވާޖިބު އަދާނުކުރާކަމަށް ބުނެ، އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާތީ އެވެ. 

އޭސީސީން ބުނީ އެ ގާނޫނު ވުޖޫދުވުމުގެ ކުރިން އެ ކޮމިޝަނުން މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރަމުން ދިޔައީ އިޖުރާއަތްތައް ލިޔެފައިވާ އޭސީސީގެ އާންމު ގަވާއިދުގެ ދަށުން ކަމަށާއި އެކަމަކު މިހާރު އެ ގަވާއިދަކީ އުވާލާފައިވާ ގަވާއިދެެއް ކަމަށެވެ. 

އެ ގަވާއިދަކީ، ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ އާންމު އިޖުރާއާތުތައް ބަޔާންކުރާ ގާނޫނެއް އޭރު ވުޖޫދުވެފައި ނެތްނަމަވެސް، ކޮމިޝަނުގެ ތަހްގީގުތަކުގައި އެއް އުސޫލަކުން އަދި ގާނޫނީ ހަމަތަކުގެ މަތީން ހަމަހަމަކަމާއެކު ތަހުގީގީ އިޖުރާއަތުތައް ކުރިއަށް ގެންދިޔުމުގެ މަގްސަދުގައި އެކުލަވާލައި އަމަލުކުރަމުން އައި ގަވާއިދެއް ކަމަށެވެ.

އޭގެ އިތުރުން އޭސީސީން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވުމުން އެ ގާނޫނުގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމުގެ ބޭނުމާއި އެ ގާނޫނުގެ 211 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ތަހްގީގުކުރުމާގުޅޭ ކަންކަމުގައި ގަވާއިދު ހެދުމަށް ލާޒިމްކޮށްފައިވާތީ، ކުރީގައި ތަހްގީގުކުރުމުގެ އިޖުރާއަތްތަކާ ގުޅޭގޮތުން އަމަލުކުރަމުންދިޔަ ގަވާއިދު އުވާލައި އަމަލުކުރަން ފެށި ގަވާއިދެއް ކަމަށެވެ. 

އަދި ޖީނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު އެކުލަވާލައި އެންމެ ފުރަތަމަ ގެޒެޓްކުރި އިދާރާއަކީވެސް އޭސީސީ ކަމަށް ވަނީ ބުނެފަ އެވެ. 

އަދި އެ ގަވާއިދަށް އަމަލުކުރަން ފަށާފައިވާތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ހިނގަމުންދާ ދައުރުގެ މެމްބަރުން މަގާމާ ހަވާލުވުމަށްފަހު، ކޮރަޕްޝަން ހުއްޓުމުގެ ގާނޫނީ ނިޒާމު ރިވިއުކުރުމުގެ މަސައްކަތް ފެށި، އެ މަސައްކަތުގެ ދަށުން ކޮމިޝަނުގެ އާންމު ގަވާއިދު ރިވިއުކޮށް އިސްލާހުކުރުމުގެ މަސައްކަތް ހާއްސަ މަސައްކަތެއްގެ ގޮތުގައި މިހާރު ވެސް ކުރެވެމުންދާ ކަމަށެވެ. 

އެ ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ނެތް ކަމަށްބުނުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް