ads
ތިން މަހުގެ މެދުކެނޑުމަކަށް ފަހު ބޯޑަރު ހުޅުވުމުން ރާއްޖެއަށް ފަތުރުވެރިން އައުން- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓް ހެދޭނެ އަގުތައް 2000 ރުފިޔާއާ ހަމައަށް!
ޕީސީއާރު ޓެސްޓުތަކުގެ އަގުތައް 2000 ރުފިޔާ ހަމަ އަށް
ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު ފަސް ހޮސްޕިޓަލެއްގައި ހަމަޖައްސައި އެތަންތަނުން ޓެސްޓް ހެދޭނެ އަގުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އެންމެ ދެކުނުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.


ޕީސީއާރު ޓެސްޓް ހެދޭނެ އަގުތައް: 

  • އައިޖީއެމްއެޗް - 1534 ރުފިޔާ
  • އޭޑީކޭ ހޮސްޕިޓަލް - 1500 ރުފިޔާ
  • ޓްރީޓޮޕް - 2000 ރުފިޔާ
  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - 1534 ރުފިޔާ
  • އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް - 1534 ރުފިޔާ

އެޗްޕީއޭ އިން ބުނީ ފަތުރުވެރިން ކޮވިޑް ޓެސްޓް ހެދުމަށް ހޮސްޕިޓަލަށް ދިއުމުގެ 48 ގަޑިއިރު ކުރިން އެ ފަތުރުވެރިއެއްގެ ސާމްޕަލް ފޮނުވަންވާނެ ކަމަށާއި އެގޮތުން ޓެސްޓް ހެދުމަށް އެ ފަތުރުވެރިއެއްގެ ޓްރެވަލް އިނިޝިއަރީ ޑޮކިއުމަންޓް ކޮޕީ އާއި ލެބޯޓްރީ އިން އެދޭ އެހެނިހެން ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ހުޅުމާލޭގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ވެސް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވެސް ވަނީ ހަމަޖައްސާފަ އެވެ. 

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. އެއާއެކު މިހާރު 60 އެއްހާ ރިސޯޓު ހުޅުވާފައިވާއިރު ރާއްޖޭގެ ނުވަ ރިސޯޓަކުން ހަ ފަތުރުވެރިންނާއި 12 މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް