ads
މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ސީއެންއެމް
ވައިޓް އެލާޓް ނެރެ އުދަ އަރާނެ ކަމަށް ބުނެފި
ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނީ ކ. އަތޮޅުން ތ. އަތޮޅަށް ވައިޓް އެލާޓް ނެެރެފައިވާ ކަމަށެވެ. 

އެގޮތުން ދިޔަވަރު ބޮޑުވެ ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. 

މެޓް އޮފީހުން ބުނީ އެންމެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެހެން ހިސާބުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. 

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު ތިން މޭލާ 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖޭނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަ މޭލާ 16 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖޭހެނެ ކަމަށް ލަފާކުރެ އެވެ. 

ވިލާގަނޑު ގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. 

މެޓް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާނގަޑުގައި އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އަދާއިގެ ވަރަކަށް ގަދަވާނެ ކަަމަށެވެ. އަދި ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ހަތަރު ފޫޓު ހުންނާނެ ކަމަށް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް