ads
އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަދި ރައީސް ސޯލިހު---
އަމާންކަން ގާއިމުކުރަންކުރާ މަސައްކަތުން އިންޑިއާއަކީ އުއްމީދީ ގައުމެއް: ރައީސް
އަމާންކަން ގާއުމުކުރުމަށްޓަކައި އިންޑިއާ އިން ކުރަމުންގެންދާ މަސައްކަތްތާއެކު އެ ގައުމަކީ ދުނިޔެއަށް އުއްމީދީ ގައުމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު އިންޑިއާގެ މިނިވަންކަމަށް 74 އަހަރު ފުރިގެންދާއިރު ދުވަހުގެ ތަހުނިޔާ އެ ގައުމަށް ފޮނުއްވާ ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ އިންޑިއާ އިން ގެންގުޅޭ ޑިމޮކްރަޓިކް އުސޫލުތަކާއި އަމާންކަމާއި ކުރިއެރުން ހޯދުމަށް ކުރާ މަސައްކަތްތަތަކާއެކު ދުނިޔެއަށް އުއްމީދެއް ލިބޭ ކަމަށެވެ.

ރައީސް އެގޮތަށް ވިދާޅުވިއިރު މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ދީފަ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާއެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރު (3.9 ބިލިއަން ރުފިޔާ) ރާއްޖެއަށް ދޭން ނިންމާފަ އެވެ. 

އަދި މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ދޭނަކާއި 100 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ވަނީ ނިންމާފަ އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ވުރެ ބޮޑަށް ޗައިނާއާ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ފެށިނަމަވެސް ވެރިކަން ބަދަލުވެ މި ސަރުކާރު އައި ފަހުން ވަނީ އިންޑިއާއާއެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކުރެ އެވެ. 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ސިފަކުރައްވާ ވިދާޅުވީ މިއީ އިންޑިއާ ކަނޑުގެ ފުންމިން ހުރި ގުޅުމެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް