ads
ސާކް އެގްރިކަލްޗާ ޕީއެޗްޑީ ސްކޮލާޝިޕް ޕްރޮގުރާމްތަކުގައި ދިވެހިންނަށް ބައިވެރިވުމުގެ ފުރުސަތު——
ސާކް އެގްރިކަލްޗާ ޕީއެޗްޑީ ސްކޮލާޝިޕް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ސާކް އެގްރިކަލްޗާ ޕީއެޗްޑީ ސްކޮލާޝިޕް ޕްރޮގުރާމްތަކުގައި ދިވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން ވަނީ އެެ ސްކޮލާޝިޕްގެ ދަށުން ދެ ކޯހުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ތިން އަހަރުގެ މުއްދަތަށް އިންޑިއާގައި ކުރިއަށްދާ އެނިމަލް ނިއުޓްރިޝަން ގެ ކޯހަކާއި ފިޝް ނިއުޓްރިޝަން އެންޑް ފުޑް ޓެކްނޮލޮޖީގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ކިޔަވާ ކުދިންނަށް ވަނީ ހުޅުވާލާފަ އެވެ. 

އެ މިނިސްޓްރީން ބުނީ އެ ސްކޮލާޝިޕްގެ ދެ ފުރުސަތަކީ ސާކް ގައުމުތަކުގެ ތެރެއިން ބޫޓާން އާއި އިންޑިއާ އަދި ރާއްޖެގެ އިތުރުން ޕާކިސްތާނު އަދި ސްރީލަންކާއަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ.

އެގޮތުން ރާއްޖެއަށް ލިބިފައިވާ ފުރުސަތުގައި ކޮންމެ ކޯހަށް އެއް ކެންޑިޑޭޓު ނޮމިނޭޓް ކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އަދި އެ ސްކޮލާޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސާކް އެގްރިކަލްޗަރަލް ސެންޓަރުގެ ފަރާތުންނެވެ.

ހަޔާ އެޑިއުކޭޝަން އިން ބުނީ ސްކޮލާޝިޕްގެ ހަރަދުތަކުގެ ތެރެއިން، ދެކޮޅު ޓިކެޓާއި، ކޯސް ފީ، އަދި ލިވިން އެލަވަންސްގެގޮތުގައި މަހަކު ހަސަތޭކަ ޔޫއެސް ޑޮލަރުގެ އިތުރުން ވަންޓައިމް ގްރާންޓްގެގޮތުގައި އެއްހާސް ޔޫއެސް ޑޮލަރު އަދި ރިސާޗް ކޯސްޓްގެ ގޮތުގައި އަހަރަކު އެއްހާސް ޔޫއެސް ޑޮލަރު ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ.


އެ މިނިސްޓްރީން ބުނީ ސްކޮލާޝިޕްގައި ބައިވެރިވާން އެޕްލިކޭޝަން ހުށަހަޅަނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެ ޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 18 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ އިއުލާން ކުރެވިފައިވާ ކޯހާއި އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެކަމަށާއި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށެވެ. 

ހަޔާ އެޑިއުކޭޝަން އިން އިތުރަށް ބުނީ ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންކަމަށާއި ޕޮއިންޓްދޭ ގޮތުގެ ތަފްސީލް އަދި ކޯހަށް ބޭނުންވާ ޝަރުތުތަކާއި ހުށައަޅަންޖެހޭ ތަކެތީގެ ތަފްސީލް ވެސް އެމިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް