ads
ބާސެލޯނާގެ މެސީ
ހިތްދަތި ގޮތަކަށް، ހުސް އަތާ ބާސާއިން ސީޒަން ނިންމާލައިފި
ޖަރުމަނުގެ ބަޔާން މިއުނިކުން، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ ކޮޅަށް އޮއްސާލި ލަނޑު ގޯންޏާއި އެކު ހިތްދަތި ގޮތަކަށް ބާސާއިން ހުސް އަތާ ސީޒަން ނިންމާލައިފި އެވެ. ބާސާ ރޭ ބަލިވީ 8-2 އިންނެވެ.

ރޭގެ މެޗުގައި ބަޔާނުން ފުރަތަމަ ލަނޑު ޖެހީ ހަތަރުވަނަ މިނިޓްގައެވެ. އޭގެ އިރުކޮޅެއް ފަހުން ބަޔާންގެ ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ވަން ގޯލާ އެކު ނަތީޖާ ހަމަ ހަމަވި އެވެ. އެހެންނަމަވެސް ބަޔާނުން ވަނީ މޮޅު ކުޅުމެއް ދައްކާ ފުރަތަމަ ހާފު ތެރޭ އިތުރު ތިން ލަނޑު ޖަހާފަ އެވެ. 

ދެވަނަ ހާފުގެ ކުރީކޮޅު ބާސާއިން އަނެއްކާވެސް ލަނޑެއް ޖެހި އެވެ. އެހެންނަމަވެސް ބަޔާނުން ފުލުފުލުގައި ގޯލު ޖަހަން ފެށި ގޮތަށް ގޮސް ހިންދެމިލީ ބާސާ ކޮޅަށް އަށް ލަނޑު ޖަހާފައެވެ.

މިއީ ފާއިތުވި 74 އަހަރު ތެރޭ ބާސާއިން ބަލިވި އެންމެ ބޮޑު ބައްޔެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް