ads
ލ. ގަން ކޮވިޑް-19 ފެސިލިޓީ/ ފޮޓޯ:ލ. ގަން ރީޖަނަލް ހޮސްޕިޓަލް
އެސްޓީއޯއިން ރީޖަނަލް ކޮވިޑް ފެސިލިޓީތަކުގައި މެޑިކަލް އެކިއުޕްމެންޓް ގާއިމްކޮށްދީފި
އެސްޓީއޯއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ރީޖަނަލް ކޮވިޑް ފެސިލިޓީތަކުގައި މެޑިކަލް އެކިއުޕްމެންޓް ގާއިމްކޮށް ދީފި އެވެ.

އެސްޓީއޯއިން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކޮވިޑް ފެސިލިޓީތަކުގައި އެތަންތަނަށް ބޭނުންވާނޭ ސިއްހީ ސާމާނު ފޯރުކޮށްދީ ގާއިމްކޮށްދެވިފައިވާކަމަށެވެ. 

އެސްޓީއޯއިން ބުނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީއާއެކު އިތުރު 7 އަތޮޅެއްގައި ގާއިމްކުރެވިފައިވާ ކޮވިޑް ފެސިލިޓީތަކުގައި މެޑިކަލް އެކިއުޕްމެންޓް ގާއިމްކޮށްދެވިފައިވާކަމަށެވެ.


ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ހުރި ކޮވިޑް ފެސިލިޓީއަށް 7 އައިސީޔޫ ބެޑްގެ އިތުރުން 23 ހޮސްޕިޓަލް ބެޑް ފޯރުކޮށްދީ އެހިދުމަތް ހޯދޭނެ ގޮތް ފަހިކޮށްދީފައިވާކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

މީގެ އިތުރުން  ހޮޮސްޕިޓަލް ޕޭޝަންޓް ލައިފް ސަޕޯޓްއާއި ސިއްހީ ފަރާތްތަކަށް ބޭނުންވާނޭ ޕީޕީއީ ކިޓް ތަކާއި ކޮވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންވާނޭ ބޭސް ފަދަ ތަކެތީގެ އިތުރުން ބަލިމީހުންނަށް އަަވަސް ފަރުވާދިނުމަށް ބޭނުންވާނޭ ސިއްހީ ސާމާނު އެސްޓީއޯއިން ފެސިލިޓީތަކަށް ފޯރުކޮށްދީފައިވެއެވެ. 

މީގެ އިތުރުންވެސް ކޮވިޑް ޓެސްޓްކުރުމަށާއި ރެސްޕިރޭޓަރީ ޓެސްޓް ތަކަށް ލެބް ގައި ބޭނުންކުރެވޭނެ ސިއްހީ ސާމާނު ހިމެނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ އެސްޓީއޯއިން ފޯރުކޮށްދޭ ސިއްހީ ސާމާނުގެ އިތުރުން ކޮވިޑް ފެސިލިޓީތަކުގައި ކޮވިޑް-19 ބައްޔަށް ފަރުވާކުރުމަށްޓަކައި ބޭނުންވާނޭ ހިދުމަތްތަކުގެ ތެރެއިން އެ ކުންފުނީގެ ފަރާތުން އެ ފެސިލިޓީތަކުގައި ހިދުމަތްދިނުމަށް ގާއިމްކޮށްދެވިފައިވާ މެޝިން ތަކުގެ ތެރޭގައި މޮނިޓަރިންގައި ބާތިއްބާ ބަލިމީހުންނަށް ބޭނުންވާނެ ލައިފް ސަޕޯޓް މެޝިންއާއި ވެންޓިލޭޓަރު އަދި ޑެޕްބްރިލިއޭޓާސްގެ އިތުރުން އީސީޖީ މެޝިންތަށް ގާއިމް ކޮށްދެވިފައިވާކަމަށެވެ. 

އަދި ވައިޓަލް ސައިން މޮނިޓާސް އާއި ޕޭޝިއެންޓް މޮނިޓާސްގެ އިތުރުން ސެންޓަރަލް މޮނިޓަރާއި އިންފިޔުޝަން ޕަންޕް އަދި ސިރިންޖް ޕަންޕް ވެސް އެ ފެސިލިޓީތަކުގައި ކޮވިޑް ބައްޔަށް ފަރުވާކުރުމަށްޓަކައި ގާއިމްކޮށްދެވިފައިވާނޭކަމަށެވެ. 

އެސްޓީއޯއިން އިތުރަށް ބުނީ ރީޖަނަލް ކޮވިޑް ފެސިލިޓީތަކުގައި ގާއިމްކޮށްދެވުނު ސިއްހީ ފަރުވާދޭ ސާމާނާއި އެ ހިދުމަތްތައް ދިނުމަށް ބޭނުންވާނޭ މުހިންމު ސިއްހީ އެކިއުޕްމެންޓްތަކުގެ ސަބަބުން ހާލު ބޮޑު ބަލިމީހުންނަށް ފަރުވާދިނުމަށް އިތުރު ފަސާހަތަކާއި ކާމިޔާބީ ލިބިގެންދާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް