ads
ކަރީނާ
ކަރީނާގެ ދަބަހުގެ އަގު، ކުޑަ ކާރެއްގެ އަގާއި އެއްވަރު!
ކަރީނާގެ ޑިޒައިނާ އަތް ދަބަހުގެ އަގު ކުޑަ ކާރެއްގެ އަގާއި އެއްވަރެވެ.

ކަރީނާ އަކީ އޭނާ ހެދުން އަޅާ ގޮތާއި ގެންގުޅޭ ދަބަސްތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ތަރި އެކެވެ. 

އޭނާގެ އަތުގައި 30 އެއްހާ އަތް ދަބަސް އޮންނަ ކަމަށް ރިޕޯޓްތަކުން ބުނާ އިރު، މީގެ ތެރޭގައި ހިމެނެނީ މަޝްހޫރު ޑިޒައިނާ ބްރޭންޑް ތަކުގެ ދަބަސްތަކެވެ. 

އެގޮތުން ޝެނަލް، ފެންޑީ، ހާމަސް، އަދި ޓޮޑްސް ފަދަ ބްރޭންޑްތަކުގެ ދަބަސްތައް ފާހަގަކުރެވެ އެވެ. 

ކަރީނާ އަބަދުވެސް ފެންނާނީ އޭނާ ލާ ހެދުމާއި އެނާގެ ދަބަސް ގުޅުވާލާފަ ހުންނަ ތަނެ އެވެ. ތަފާތު ވައްތަރުގެ އެކު ވަރުގެ ދަބަސް ކަރީނާ ގެންގުޅެ އެވެ. 

your imageކަރީނާ

ކަރީނާގެ ދަބަސް ތަކުގެ ތެރެއިން އަގުގެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ އޭނާ ގެންގުޅޭ ބޮޓޭގާ ވެނެޓާގެ ދަބަހެވެ.

އެގޮތުން އެ ދަބަހުގެ އަގު 4920 ޑޮލަރަށް އަރަ އެވެ. މިއީ ކުޑަ ކާރެއް ގަނެވޭނެ ފައިސާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް