ads
ސިޓީގެ ކޯޗު ގާޑިއޯލާ
ޗެމްޕިއަންސް ލީގުން ސިޓީވެސް ކަޓައިފި، ސެމީއަށް ލިޔޯން
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވަރުގަދަ މެންޗެސްޓާ ސިޓީ ކަޓުވާލުމަށް ފަހު ފްރާންސްގެ ލިޔޯނުން ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ. ލިޔޯނުން ސިޓީ ބަލިކުރީ ތިން ލަނޑު އެއް ލަނޑުންނެވެ.

ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ލިޔޯނުން ހޯދުމާއި އެކު ސެމީގެ ހަތަރު ޖާގަ ބެހިގެންދާނީ ފްރާންސްއާ ޖަރުމަނަށެވެ. ފްރާންސްގެ ޕީއެސްޖީއާ ލިޔޯން، ޖަރުމަނުގެ އާރްބީ ލައިޕްޒިގުއާ ބަޔާން ހިމެނޭ ސެމީ ފައިނަލް ވެގެންދާނީ އިންގްލަންޑާ ސްޕެއިންގެ ޓީމެއް ނެތި ޗެމްޕިއަންސް ލީގުގެ ސެމީ މިއިން ޒަމާނެއްގައި ވެސް ކުޅެވޭ ފުރަތަމަ ފަހަރަށެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގުއާ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ އެވެ. ޖެހިގެން އަންނަ ރޭ ލިޔޯން ނުކުންނާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށެވެ.

ސިޓީއާ ލިޔޯން ރޭ ކުޅުނު މެޗުގައި ލިޔޯނުން ފުރަތަމަ ލީޑު ނެގީ ފުރަތަމަ ހާފުގެ ތެރޭގައި މެކްސްވަލް ކޯނެޓްއެވެ. އޭގެ ފަހުން ދެވަނަ ހާފުގެ ތެރޭގައި ސިޓީން އެއްވަރު ކުރީ ކެވިން ޑިބްރޭނާގެ ލަނޑަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ލިޔޯނުން ލަނޑު ޖަހާ ކުރި ހޯދިއެވެ. މިއީ ޑެމްބެލޭ ޖެހި ގޯލެކެވެ. ލިޔޯންގެ ފަހު ގޯލުވެސް ޖެހީ ޑެމްބެލޭއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް