ads
ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއު---
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރަން ސައިޓް ކްލިއާ ކުރަނީ
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން، ޕްރޮޖެކްޓް ސައިޓް ކްލިއާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން 33.5 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. 

އެމްޓީސީސީ އިން މައުލޫމާތު ދޭގޮތުގައި އެ މަޝްރޫއުގެ ދަށުން އޯޕީޑީ ސަރަހައްދާއި، އިމަޖެންސީ ރޫމާއި، ލޭބަ ރޫމްގެ އިތުރުން ޕްރައިވެޓް ރޫމްތައް ހުންނަ އިމާރާތް ބޮޑުކުރުމުގެ މަސައްކަތް ކުރެވޭނެ އެވެ. އަދި އެ މަޝްރޫއުއާއެކު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެކަަށްވެސް އެމްޓީސީސީން ބުނެއެވެ.

your imageޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއު___

އޭގެ އިތުރުން މިއަހަރުގެ ޖޫން މަހުގައި އެމްޓީސިސީން ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑު ކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. ދެ ފަންގިފިލާ ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 30 އެނދުގެ ވާޑް އިމާރާތެއް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގްރޭޑް ކުރުމަށްޓަކައި އުފަން ހިޔާއަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް އެމްޓީސީސީއިން އަންނަނީ ކުރަމުންނެވެ.

އެގޮތުން ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއަކީ ވެސް 30 މިލިއަން ރުޕިޔާގެ މަޝްރޫއުއެެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް