ads
މިނިސްޓަރު އޮޕް ހޯމްއެފެއާޒް އިމްރާން އަބްދު———
މި ސަރުކާރުން އެެއްވެސް ގޭންގަކާ ޑީލެއް ނުކުރާނެ، އެމީހުންގެ އެހީއެއް ބޭނުންމެއް ނުވޭ: އިމްރާން
މި ސަރުކާރުން އެއްވެސް ގޭންގަކާއި ޑީލެއް ނުކުރާނެ ކަމަށާއި އަދި އެމީހުންގެ އެހީތެރިކަން ވެސް އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އަމާންވެއްޓެއް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާރު ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި ގޭންގު ކުށްތައް ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށެވެ. 

އަދި އޭގެ އެންމެ މުހިއްމު އެއް ކަމަކީ މި ސަރުކާރުން އެއްވެސް ގޭންގަކާއި ޑީލްނުކުރާނެ ކަމަށާއި އެމީހުންގެ އެހީތެރިކަން އެއްވެސް ވަރަކަށް ބޭނުން ނުވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މި ސަރުކާރު ދެމި އޮންނާނީ ރައްޔިތުންނަށް ހިޔާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެ ފަރާތްތަކަށް ވާގިވެރި ނުވާ ގޮތަށް ކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ސަރުކާރުން އެމީހުންނަށް އެއްވެސް ފަހި ފުރުސަތެއް ފޯރުކޮށްދިނުން ވެސް ނޯންނާނެ ކަމަށެވެ. 

މިނިސްޓަރު ވަނީ އެކަންކަމުގެ މައްޗަށް ބަލާލުމުން ރާއްޖޭގެ ވެށި ހިމާޔަތްކުރަން ލިބިފައިވާ އެއީ ބޮޑު ފުރުސަތެއްކަން އިންސާފު ގަބޫލުކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަަކަށްވެފައި އޮންނަނީ ކުށްކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފަހު، ރިލެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ނެރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ބައްޓަންކޮށްފައި މިވަނީ ހާއްސަކޮށް މި ދެންނެވި ދެކަމުގައި އިންވޯލްވެފައިވާ ފަރާތްތަކަށް ގާނޫނު ކުރިމައްޗަށް ގެނެސް އިންސާފު ގާއިމުކޮށް ރިހެބިލިޓޭޓްކޮށް ސުލްހަވެރި މުއާތުންގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުމަށް މަސައްކަތް ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރު އައި ފަހުން މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު އެތަކެތި ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ނައްތާލުމުގެ މަސައްކަތް ވެސް ފެށިގެން ދިޔަ ކަމަށެވެ. އެގޮތުން ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ހުރީ މަސްތުވާތަކެތި ނައްތާނުލާއި ކަމަށައި އެކަމަކު މި ސަރުކާރުން އެތަކެތި ނައްތާލުމަށް ފަހު، އެންމެ ގިނަވެގެން ކޮންމެ ތިން މަހުން ތިން މަހުން މަސްތުވާތަކެތި ނައްތާލަން ޖެހޭ ގޮތަށް ހަދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

މިހާރު ވެސް މުހިއްމު ތިން ޕްރޮޖެކްޓެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެހެން ގައިދީންނާއި ވަކިން މާފުށީ ޖަލުގައި ބައެއް ގައިދީން ބޭތިއްބުމަށް ޔުނިޓެއް ގާއިމުކުރަން ނިންމާފައިވާއިރު އެ މަސައްކަތް މިހާރު ލަސްވެފައި ވަނީ ކޮވިޑާއި ގުޅިގެން ކަމަށެވެ. އެކަމަށް ބޭނުންވާ ތަކެތި ގެނެވުންނަމަ މިދިޔަ މާޗު މަހުގެ ތެރޭގައި އެފަދަ ގައިދީން ވަކިން ބޭތިއްބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި މިހާލަތުގައި ވެސް އެތަންތަނުގައި ޕްރޮގްރާމުތައް ހިންގުމަށް، މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ރިހެބިލިޓޭޓްކުރުމަށް ހިންގާ ޕްރޮގްރާމުތައް ވަރަށް މުހިއްމުކަން ފާހަގަކުރައްވާ ވިދާޅުވީ ރިހެބިލިޓޭޓްކުރުމުގެ މަސައްކަތަކީ ވެސް ވަރަށް ޗެލެންޖިން ކަމެއް ކަމަށެވެ. އެކަމަކު އެކަމުގައި ތަޖުރިބާކާރުން ފަރާތްތައް ހޯދައި ގައިދީން ރިހެބިލިޓޭޓްކުރުން ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް