ads
ޔުސަކޫ މައެޒަވާ
ޖަޕާނުގެ ބިލިއަނަރަކު އިންނާނެ އަންހެނަކު ހޯދަނީ
ޖަޕާނުގެ ބިލިއަނަރެއް ކަމަށްވާ ޔުސަކޫ މައެޒަވާ، އިންނާނެ އަންހެނަކު ހޯދުމަށް އާންމުކޮށްފި އެވެ.
ޖަޕާނުގެ ބިލިއަނަރެއް ކަމަށްވާ ޔުސަކޫ މައެޒަވާ، އިންނާނެ އަންހެނަކު ހޯދުމަށް އާންމުކޮށް އިއުލާންކޮށްފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޔުސަކޫ އުޅުނީ ޖަޕާނުގެ ފިލްމީ ތަރިއަކާ ރައްޓެހިވެގެންނެވެ. ނަމަވެސް ޔުސަކޫ ބުނީ ދެ ދެމީހުން މިހާރު ވަކިވެފައިވާ ކަމަށެވެ. އަދި އޭނާ ކައިވެނިކުރުމަށް ހޯދަމުން ދަނީ އުމުރުން 20 ނުވަތަ އެއަށް ވުރެ ދޮށީ އަންހެނެއް ކަމަށްވެސް ބުނެފައިވެ އެވެ.

އުމުރުން 44 އަހަރުގެ ޔުސަކޫ ބުނީ އުމުރުގެ މިހިސާބުގައި އޭނާއަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފަށާފައިވާ ކަމަށާއި އެހެންކަމުން އޭނާއާއެކު ހަނދަށް ދަތުރުކުރާ ފުރަތަމަ އަންހެނަކަށް ނުވާންވީ ސަބަބެއް އެބައޮތްތޯއޭ ބުނެ އޭނާ ކުރި ޓްވީޓްގައި ވަނީ ސުވާލެއްވެސް އުފައްދާފަ އެވެ.

ޔުސަކޫ ވަނީ އޭނާއަށް ކައިވެނިކުރަން ބޭނުންވާ މީހުންނަށް މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ދީފަ އެވެ. އެގޮތުން އެކަމަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން އިންނާނެ އަންހެނަކު އޭނާ ކަނޑައަޅާނީ މާޗު މަހުގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ ކުރިން ދެ ކައިވެންޏެއްކޮށް ޔުސަކޫގެ ތިން ދަރިން ވެސް އެބަތިއްބެވެ.

ޔުސަކޫގެ މިލްކިއްޔާތުގައި 1.8 ބިލިއަން ޑޮލަރު ހުރިއިރު އޭނާއަކީ ޖަޕާނުގައި 17 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް