ads
ރިތިކް ރޯޝަން--
ފާއިތުވި ދިހަ އަހަރުވެސް އޭޝިއާގައި ހުރި އެންމެ ރީތި ފިރިހެނަކީ ރިތިކް!
ބޮލީވުޑުގެ ތަރި، ރިތިކް ރޯޝަންއަކީ މުޅި އޭޝިއާގައި ވެސް ހުރި އެންމެ ރީތި ފިރިހެނަކާ ކަމަށް ލަންޑަނުގައި ނެގި އޮންލައިން ޕޯލެއްގެ ނަތީޖާއިން ދައްކައިފި އެވެ.
ބޮލީވުޑުގެ ތަރި، ރިތިކް ރޯޝަންއަކީ މުޅި އޭޝިއާގައި ވެސް ހުރި އެންމެ ރީތި ފިރިހެނަކާ ކަމަށް ލަންޑަނުގައި ނެގި އޮންލައިން ޕޯލެއްގެ ނަތީޖާއިން ދައްކައިފި އެވެ.

ބްރިޓިޝްގައި ހިންގާ، އޭޝިއަން ވީކްލީ ނިއުސްޕޭޕަރެއް ކަމަށްވާ، "އީސްޓަން އައި" އިން ކުރިއަށް ގެންދިޔަ ޕޯލުގައި ބައިވެރިވި މީހުންގެ ނަތީޖާގެ އެންމެ ކުރީގައި އުޅެނީ ރިތިކް އެވެ. އުމުރުން 45 އަހަރުގެ ރިތިކްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވޯޓު ދީފައިވަނީ އޭނާގެ ފިލްމުތައް ބެލުމަށް ފަހު، އޭނާގެ ކުޅަދާނަ އެކްޓިންއަށް ހިތްޖެހިގެން ކަމަށް ވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ އެ ނިއުސްޕޭޕަރުގެ އެމަގާމު ރިތިކް، ދިފާއުކުރި ދިހަ ވަނަ ފަހަރެވެ.

އެކަމާއި ގުޅިގެން ރިތިކް ބުނީ، އޭނާއަށް ވޯޓު ދިން ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި އެކަމަކު އޭޝިއާގެ އެންމެ ރީތި ފިރިހެނަކަށް އޭނާ ހޮވުމަކީ "ކާމިޔާބީ" އެއް ކަމަށް ނުދެކޭ ކަމަށެވެ. އެގޮތުން މީހަކު ހުންނަ ގޮތަކުން އެމީހަކާ މެދު ވަކި ގޮތަކަށް ނުވިސްނާ ކަމަށް ވެސް ރިތިކް ބުންޏެވެ.

އޭގެ އިތުރުން ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އެންމެ ޝައުގުވެރި ކަމަކަށް ވާނީ އެމީހަކުގެ ހަޔާތުގައި ކުރިމަތިވާ ކަމަކަށް ކުރިމަތިލާ އެކަމުން އަރައިގަތުމަށް އެމީހާ ކުރާ މަސައްކަތް ކަމަށް ވެސް ރިތިކް ބުންޏެވެ.

މިއަހަރު ނެރުނު ކާމިޔާބު ފިލްމު، "ވޯ" އިން އެންމެ ފަހުން ރިތިކް ފެނިގެންދިޔައިރު އެ ފިލްމުގައި ފެނިގެންދަނީ ރިތިކް އާއި ޓައިގާ ޝްރޮފްގެ ކުރިމަތިލުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް