ads
ތ. ދިޔަމިގިލީ ފުޓްސަލް ދަނޑު——
ދިޔަމިގިލީ ފުޓްސަލް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް ނިންމާލައިފި
ތ. ދިޔަމިގިލީ ފުޓްސަލް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް ނިންމާލައިފި އެވެ.

މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައިވަނީ ދިޔަމިގިލި ޒުވާނުނާއި ކައުންސިލުން އެދުނު ގޮތަށް ލޯންސްޓާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކަމަށެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ ގިނަ އަދަދެއްގެ ފުޓްސަލް ދަނޑުތަކެއްގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި އަދިވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. 

އޭގެ އިތުރުން ފުޓްސަލް ދަނޑުތައް އަޅަމުންދާތީ ބައެއް ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އެހެން ކުޅިވަރުތަކަށް ވެސް ބޭނުންވާ ފެސިލިޓީތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތުން މޯލްޑިވްސް ޕޫލް އަދި ބިލިއާޑް އެސޯސިއޭޝަނާއެކު ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީގެ މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު މަހުލޫފް ވަނީ މިއަދު ވިދާޅުވެފަ އެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި ރަށްރަށުގައި ފުޓްސަލް ދަޑުތަށް އެޅުމުގެ މަސައްކަތްވެސް ޔޫތް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް