ads
ލްޑިވްސް ބިލިއާޑް އެސޯސިއޭޝަނަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް__
މޯލްޑިވްސް ބިލިއާޑް އެސޯސިއޭޝަނަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކޮށްދެނީ
މޯލްޑިވްސް ބިލިއާޑް އެސޯސިއޭޝަނަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް ވިދަޅުވީ މޯލްޑިވްސް ޕޫލް އަދި ބިލިއާޑް އެސޯސިއޭޝަނާއެކު ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީގެ މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފެސިލިޓީއާއެކު ބައިނަލްއަގްވާމީ މުބާރާތްތައް ހޯސްޓް ކުރުމުގެ ގާބިލްކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފެސިލިޓީ ނިމުމާއެކު ބިލިއާޑް ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ވެސް ރާއްޖެއިން ބިޑު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މި މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ބިލިއާޑް އެސޯސިއޭޝަންގެ ރައީސް އަދި އެ އެސޯސިއޭޝަންގެ އެކްސްކޯއިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް