ads
ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް--
ވެންޓިލޭޓަރުގެ މައްސަލާގައި ފިނޭންސް މިނިސްޓަރުގެ މައްސަލަ ތަހުގީގުކުރަން ޖެހޭ: ޝިޔާމް
ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމަށް މާލިއްޔަތު ގާނޫނާއި ހިލާފަށް ފިނޭންސް މިނިސްޓަރު ވެސް ބޮޑު ޖަރީމާއެއް ހިންގާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ، ޝިޔާމް އެގޮތަށް ވިދާޅުވެފައި ވަނީ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަދި ވިލިމާލޭ ދާއިރާގެ މެމްބަރު، އަހުމަދު އުޝާމް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. 

އުޝާމް ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓުން ޔަގީންވާ ކަމަކީ ބޮޑު މުސީބާތެއް ކުރިމަތިވެފައޮތް ވަގުތުވެސް ވެންޓިލޭޓަރު ގެނައުމުގެ ނަމުގައި ހެލްތް މިނިސްޓްރީން ބޮޑު ވައްކަންތަކެއްކޮށް، މިހުރިހާ ދުވަހު އެކަމާ ގުޅިގެން ރައްޔިތުންނަށް އޮޅުވާލާ ދޮގު ހަދަމުންދިޔަކަން ކަމަށެވެ.  

އެކަމާއި ގުޅިގެން ޝިޔާމް ވަނީ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ބެލުމުން ފެންނަނީ ހަމައެކަނި ހެލްތު މިނިސްޓްރީގެ މައްސަލަ އެކަނި ނޫން ކަމަށާއި އެގޮތުން މާލިއްޔަތު ގާނޫނާއި ހިލާފަށް ފިނޭންސް މިނިސްޓަރު ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގުގެ 90 އިންސައްތަ ދެއްކުން އެއީ ބޮޑު ޖަރީމާއެއް ކަމަށާއި އެކަން ވެސް ތަހުގީގުކުރަން ޖެހޭ ކަމަށެވެ. 

އިއްޔެ އޮޑިޓް އޮފީހުން ކޮވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހޭދަ އޮޑިޓްކޮށް ރިޕޯޓް އާންމުކުރުމާއެކު ވަނީ ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓްރީއަށް އާންމުވެފަ އެވެ. 

އެ ރިޕޯޓުގައިވާ ގޮތުން ވެންޓިލޭޓަރުތައް ގެނައުމުގައި ވެސް މިނިސްޓްރީން ހަދާފައި ވަނީ މަކަރާއި ހީލަތެވެ. އެގޮތުން ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލް ޓްރޭޑާސްއަށް ވެންޓިލޭޓަރު ގަންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާއެކު ކަމަށް ބުންޏަސް އޮޑިޓް ރިޕޯޓުގައި ވަނީ އެފަދަ ލަފައެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދީފައި ނުވާ ކަމަށެވެ. އަދި ޕީޕީއީ ގަތުމަށް 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކިނަމަވެސް ފެންނަން އޮތީ އެންމެ 2000 ސާޖަން ކެޕް އެވެ. އެގޮތުން ކުރި ހޭދައިގެ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން އޮޑިޓާ ޖެނަރަލް އޮފީހުން ވަނީ އެ ހަރަދުތަކުގެ ލިޔެކިޔުންތައް ވެސް ބެލެހެއްޓުމަށް އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް