ads
ސައިފް އާއި ކަރީނާ--
ސައިފަށް 50 އަހަރު: ކަރީނާ ދޫކޮށްލީ ހާއްސަ ވީޑިއޯއެއް
މިއަދަކީ ބޮލީވުޑުގެ ކުޅަދާނަ ތަރި، ސައިފް އަލީ ހާނަށް 50 އަހަރު ފުރުން ދުވަހެވެ. ރޭ ދަންވަރު ދުވަހުގެ ތަހުނިޔާ ފޮނުވާއި، އޭނާގެ އަންހެނުން، ކަރީނާ ވަނީ ހާއްސަ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.

ކަރީނާ ސޯޝަލް މީޑިއާއަށް ދޫކޮށްލީ ތިން ވަރަކަށް މިނެޓްގެ ވީޑިއޯއެއް ނަމަވެސް ކަރީނާ ބުނީ އޭނާ ތައްޔާރުކުރީ 22 މިނެޓްގެ ވީޑިއޯއެއް ކަމަށެވެ. އެ ސައިފަށް ދައްކާފައިވާއިރު 22 މިނެޓު ތެރޭގައި އޭނާއަށް ބުނަން ބޭނުންވާ ހުރިހާ އެއްޗެއް ނުބުނެވޭނެ ކަމަށް ކަރީނާ ބުނެ އެވެ. 

ކަރީނާ ހިއްސާކުރި ވީޑިއޯގައި ފެންނަނީ 50 އަހަރު ފުރުމުން 50 ފޮޓޯ ހިމެނޭ ގޮތަށް ހަދާފައިވާ ވީޑިއޯއެކެވެ. އޭގައި ވަނީ ސައިފްގެ ކުޑައިރުގެ ފޮޓޯތައް ވެސް ހިމަނާފަ އެވެ. އަދި އޭނާގެ ޒުވާން ދުވަސްވަރުގެ ފޮޓޯތައް ވެސް ހިމެނޭއިރު މައިންބަފައިންނާއެކު ނަގާފައިވާ ފޮޓޯތައް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ސައިފްގެ އެންމެ ދޮށީ ދެ ދަރިން ކަމަށްވާ ސާރާ އާއި އިބްރާހީމްގެ އިތުރުން އެންމެ ހަގު ދަރިފުޅު، ތައިމޫރާއެކު ނަގާފައިވާ ފޮޓޯތައް ވެސް ހިމެނެ އެވެ.

ކަރީނާ އާއި ސައިފް، ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ކައިވެންޏަށް ތައިމޫރް ލިބިފައިވާއިރު މިހާރު ކަރީނާ އިނީ އެމީހުންގެ ދެވަނަ ދަރިއަށް ބަލިވެ އެވެ. 

ކަރީނާއާ ކައިވެނިކުރުމުގެ ކުރިން ސައިފް ވަނީ އަމްރިތާ ސިންގްއާ ކައިވެނިކޮށްފަ އެވެ. އެ މީހުން ވަރިވީ 2004 ވަނަ އަހަރެވެ. ސާރާ އާއި އިބްރާހީމަކީ އެ ކައިވެންޏަށް ލިބުނު ދެ ދަރިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް