ads
ސްރީލަންކާ--
ލަންކާ އިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް ސްރީލަންކާގައި ދިރިއުޅެމުން އައި ދިވެހި އާއިލާއެއް ހައްޔަރުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާ ނެތި ސްރީލަންކާގައި ގިނަ ދުވަސްވެފައިވާ ދިވެހި އާއިލާއެއް ލަންކާގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސްރީލަންކާ އިން ހައްޔަރުކޮށްފައި ވަނީ ދިވެހި އާއިލާގެ ތިން މެމްބަރުންނެވެ. 

އެގޮތުން އެ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ވަނީ ސްރީލަންކާ އާއި އަދި ބޭރުގެ އެހެން ގައުމުތަކުގައި ތިބޭ ދިވެހިންނަށް ވެސް ގަވައިދުން ވިސާ ނެގުމަށާއި އާ ކުރަންޖެހޭ ހާލަތުގައި އާ ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ވިސާގެ ގަވާއިދުތަކުގެ އިތުރުން ބޭރުގައި ތިބޭއިރު، އެގައުމުތަކުގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް އިހްތިރާމްކުރުމަށް ވެސް އެދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް