ads
ބަންގްލަދޭޝް މީހުން ފުރަނީ--
މޯލްޑިވިއަނުން 5733 ބަންގްލަދޭސް މީހަކު ގައުމަށް ގެންގޮސްފި
ރާއްޖޭގައި އުޅެމުން އައި ބަންގްލަދޭޝްގެ 5733 މީހަކު މިހާތަނަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި އަނބުރާ ގައުމަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިއަދު މޯލްޑިވިއަނުން 200 ބަންގްލަދޭޝް މީހުން ގޮވައިގެން އެގައުމުގެ ޑާކާއަށް ކުރާ ދަތުރަކީ އެގޮތަށް ބިދޭސީން ގޮވައިގެން ކުރާ 30 ވަނަ ދަތުރު ކަމަށެވެ. އެއާއެކު މޯލްޑިވިއަނުން ޖުމްލަ 5733 މީހަކު ގައުމަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. 

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ފޮނުވާލުމުގެ މަސައްކަތަކީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް  ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކުރާ ކަމެކެވެ. 

ރާއްޖޭގައި ގަވާއިދާ ހިލާފަށް 80000 އާ ގާތް ކުރާ އަދަދަކަށް ބަންގްލަދޭޝް މީހުން އުޅޭ ކަމަށް ކަމާއި ބެހޭ އިދާރާތަކުން އަންދާޒާކުރެ އެވެ. 

ކޮވިޑާއި ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލަ ވެސް ބޮޑުވެފައިވާއިރު އެމީހުން އަންނަނީ އަމިއްލައަށް އަނބުރާ ގައުމަށް ދިއުމަށް އެދެމުންނެވެ. ވަރަށް ފަހުން އެކަމަށް އެދި މާލޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަން ކުރިމަތީގައި ވެސް މުޒާހަރާކޮށްފައިވެ އެވެ. 

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަރަށް ފަހުން ވިދާޅުވިގޮތުގައި މިއަހަރުތެރޭގައި 20000 ބިދޭސީން ރާއްޖެއިން ފޮނުވާލެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް