ads
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމް--
ސަރުކާރުގެ ގިނަ ހައުސިންގް ޔުނިޓްތައް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ 2023 ގައި
ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ގިނަ ހައުސިން ޔުނިޓްތަކުގެ މަސައްކަތްތައް ނިމޭނީ 2023 ވަނަ އަހަރުގައި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެހެން ވިދާޅުވީ މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ލިޔުމުން ޖަވާބު ހޯދުމަށް ފޮނުއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެ ޖަވާބުތައް މަޖިލީހުގެ އަމީންއާންމު މިއަދު މަޖިލީހުގެ ތަޅުމުގައި އިއްވާފައިވައިރު މިނިސްޓަރު ވެސް ވަނީ ކުރެވުނު ސުވާލުތަކަށް ތަފާސްހިސާބްތަކާއެކު ދައްކާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ 10294 ހައުސިން ޔުނިޓެއްގެ މަސައްކަތް މިހާތަނަށް އަދި ވަނީ ނުފެށިކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އެފްޑީސީ އެފޯޑަބަލް، 4000 ހައުސިންގް ޔުނިޓްގެ މަސައްކަތް ފެށޭނީ މިއަހަރުގެ ނޮވެމްބަރު މަހުކަމަށާއި މިސައްކަތް ނިންމާލެވޭނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މުހުގައި ކަމަށެވެ. އަދި މިކްސްޑް ޔޫސް ރެސިޑެންޝިއަލް 744 ހައުސިންގް ޔުނިޓް ޖެނުއަރީ 2022 ވަނަ އަހަރު ފެށޭއިރު މިމަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައި ވަނީ 2024 ޖެނުއަރީގަ އެވެ.

ޕްރިމިއަމް ވިލާ 78 ހައުސިންގް ޔުނިޓްގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި ނިންމާލެވޭނީ 2025 އަހަރުގެ ޖެނުއަރީގައި ކަމަށް ވިދާޅުވި އެވެ. އަދި ސީއެޗްސީ ހައި އެންޑް 1155 ހައުސިންގް ޔުނިޓްގެ މަސައްކަތް 2021 ވަނަ އަހަރުގެ ޖޫން މަހު ފަށަން ނިންމާފައިވާއިރު އެތަނުގެ މަސައްކަތް ނިމޭނީ 2023 ޑިސެމްބަރު މަހުގައި ކަމަށެވެ. 

އެފްޑީސީ ސައިނޯ ހައިޑޯ އެފޯޑަބަލް 1700 ހައުސިންގް ޔުނިޓް މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހު ދޭއްގައި ފަށަން ނިންމާފައިވާއިރު އެތަން ނިމޭނެ ތާރީހެއްގެ ގޮތުގައި ވިދާޅުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހެވެ.

ޖޭވީއެމްއައިޕީއެންއާރުސީ 162 ހައުސިންގް ޔުނިޓްގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގައި ފެށޭނެކަމަށް ވިދާޅުވިއިރު އެ މަސައްކަތް ނިންމާލެވޭނީ 2022 ވަނަ އަހަރު ކަމަށެވެ.

އެޗްޑީސީ ކައުންސިލް ހައުސިން 2000 ހައުސިން ޔުނިޓްގެ މަސައްކަތް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށޭނެ ކަމަށް ވިދާޅުވެފައިވާއިރު ނިންމާލެވޭނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. 

އޭގެ އިތުރުން، އެޗްޑީސީ ހައި އެންޑް 355 ހައުސިންގް ޔުނިޓްގެ މަސައްކަތް 2021 ވަނަ އަހަރު ފެށޭއިރު ނިމޭނީ 2023 އަހަރުގެ ޖެނުއަރީއަށް ކަމަށް ވެސް ވިދާޅުވި އެވެ. 

އަސްލަމް ވިދާޅުވީ އެތަނުގައި ހިމެނޭ ދެ ކޮޓަރީގެ ތަންތަން 650 އަކަފޫޓަށްވުރެ ކުޑަ ނުވާނެ ކަމަށެވެ. އަދި ތިން ކޮޓަރީގެ ތަންތަން 900 އަކަފޫޓަށްވުރެ ކުޑަ ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭ މީހުންނަށް ގޯތީގެ ގޮތުގައި 1474 ޕްލޮޓް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް