ads
ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ އަހުމަދު ސައީދު-- ފޮޓޯ: ޕީއެސްއެމް
އަންނަ އަހަރުން ފެށިގެން ނަރުދަމާ ނިޒާމުގެ މައްސަލަތައް ދިގުލައިގެން ނުދާނެ
ފެނަކައިން ރަށްރަށުގައި ބަލަހައްޓަމުންދާ ނަރުދަމާ ނިޒާމުތަކަށް މައްސަލަ ދިމާވަމުން ހައްލު ނުކުރެވި ގިނަ ދުވަސް ވަމުން އައީ ޕަމްޕުތައް ސާވިސް ކުރުމަށް ގިނަ ވަގުތު ހޭދަވާތީ ކަމަށާއި، މިހާރު އެކަން ހައްލުކޮށްފައި ވުމުން އަންނަ އަހަރު އެ މައްސަލަ ކުރިމަތި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކައިން ބުނީ ކުންފުނީގެ ޕަމްޕުތައް ސާވިސް ކުރަން ހަވާލު ކުރާ ފަރާތުން އެ މަސައްކަތަށް ގިނަ ވަގުތު ނެގުމާއި، އޯޑަރު ކުރާ ޕަމްޕުތައް ފޯރުކޮށްދިނުމުގައި ދިގު މުއްދަތެއް ނަގާތީ، ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލު ނުވެ ދިޔަ ކަމަށެވެ.

ފެނަކައިން އިތުރަށް ބުނެފައި ވަނީ ފެނަކައިގެ ބޭރު ބަޔަކަށް ބަރޯސާވެގެން އެކަން ކުރިއަށް ގެންދަން ޖެހުނީ ގިނަ ނިޒާމުތަކަކީ ފެނަކައިގެ ބޭރުން ބަޔަކާ ހަވާލުކޮށްގެން ގާއިމްކޮށްފައިވާ ނިޒާމުތަކަށް ވާތީ ކަމަށެވެ.

ނަމަވެސް ޕަމްޕުތަކުގެ މައްސަލައަށް މިހާރު ފަސޭހަ އަލިމަގެއް ހޯދާފައި ވާތީ، 2020 ވަނަ އަހަރުން ފެށިގެން އެފަދަ ދަތިތައް ތަހައްމަލު ކުރަން ނުޖެހޭނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ފެނަކައިން ބުނީ ނަރުދަމާގެ ނިޒާމުތައް އެ ކުންފުންޏަށް ނުބެލެހެއްޓިގެން މިހާތަނަށް އެއްވެސް ނިޒާމަކަށް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް