ads
ލުކާކޫ
ޔޫރޮޕާ ލީގުގެ ފައިނަލްގެ ފަހު ޖާގަ އިންޓަމިލާނަށް
ޝަޚްތަރު ޑޮނެސްކް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާ، ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން އިންޓަމިލާން ޖާގަ ހޯދައިފިއެވެ. ރޭ ކުޅުނު ސެމީގެ ފަހު މެޗު އިންޓަމިލާނުން ކާމިޔާބުކުރީ ފަސް ލަނޑު ސުން ލަނޑުންނެވެ.

ރޭގެ މެޗުގައި ޝަޚްތަރު ޑޮނެސްކް އަތުން މޮޅުވެ ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދުމުގައި ބޮޑު ދައުރެއް އަދާކުރީ ލުކާކޫއެވެ. މޮޅު ކުޅުމެއް ދެއްކި ލުކާކޫވަނީ ރޭގެ މެޗުގައި ދެ ގޯލް ޖަހާފައެވެ. އަދި ލަޓާރޯ މާޓިނޭޒްއާ ޑެނީލޯ ޑި އެމްބްރޯސިއޯވެސް އެ މީހުންގެ ނަންތައް ލަނޑު ލިސްޓުގައި ހިމެނިއެވެ.  

ފައިނަލްގައި އިންޓަމިލާން ނުކުންނާނީ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ސެވިއްޔާއާ ދެކޮޅަށެވެ. ސެވިއްޔާ ފައިނަލަށް ދިޔައީ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްގެނެވެ. ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް