ads
އައިޖީއެމްއެޗުގައި ސްޓްރޯކް ސެންޓަރެއް ގާއިމުކުރުން--
އައިޖީއެމްއެޗުގައި ސްޓްރޯކް ސެންޓަރެއް ހުޅުވައިފި
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ސްޓްރޯކް ސެންޓަރެއް ހުޅުވައިފި އެވެ.

އައިޖީއެމްއެޗުން ބުނީ އިއްޔެ ހިދުމަތްދޭން ފެށި އެ ސެންޓަރަކީ ހަ އެނދު ހިމެނޭހެން ހުޅުވުނު ސެންޓަރެއް ކަމަށާއި އެގޮތުން ދެ އެނދަކީ ވެންޓިލޭޓަރުގައި ފަރުވާ ދޭންޖެހޭ ބަލިމީހުންނަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ދެއެނދު ކަމަށެވެ. 

އަދި 24 ގަޑިއިރު ހިދުމަތްދިނުމަށް ހަމަޖެހިފައިވާ އެ ސެންޓަރަކީ ސްޓްރޯކް ޖެހިގެން ގެނެވޭ ބަލި މީހުންނަށް ލިބިދޭންޖެހޭ ހިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށް ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ. 

އެގޮތަށް އެނދުމަތި ކުރެވޭ ބަލިމީހުންނަށް އަވަސް ފަރުވާ ދެވުމަކީ ސްޓްރޯކުގެ ސަބަބުން ފުރާނައަށް ނުރައްކާވާ މިންވަރު ކުޑަވެ، ސްޓްރޯކް އަކަށްފަހު ނުކުޅެދުންތެރިކަމެއް އުފެދުމުގެ ފުރުސަތު ނިސްބަތުން ދަށްވެގެންދާނެ ކަމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ. 

އޭގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ އެ ސެންޓަރުގެ ސަބަބުން އެފަދަ ބަލިމީހުންގެ ހާލަތު ކުރިއަށްވުރެ ގާތުން
ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށާއި އަދި ސްޓްރޯކް އަކަށްފަހު އާއްމު ދިރިއުޅުމުގެ ހަރަކާތްތަކަށް ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ފަދަ އިތުރު ހިދުމަތްތައް ވެސް ފޯރުކޮށްދެމުންދާނެ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ވާފަދައިން އެ ހޮސްޕިޓަލުގައި މިއަދު ގާއިމް ކުރެވުނު ސްޓްރޯކް ސެންޓަރަކީ މުސްތަގުބަލުގައި އެޑްވާންސްޑް ސްޓްރޯކް ސެންޓަރެއް ގާއިމް ކުރުމަށް އެޅޭ ފުރަތަމަ ބިންގަލެއް ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް