ads
ކަރަން ޖޯހަރާއި އަނަންޔާ ޕާންޑޭ--
އަނަންޔާ ބޭނުމީ ކަރަން ޖޯހަރުގެ އަލަމާރީގައި ހުރި ސާމާނު!
އަނަންޔާ ޕާންޑޭއަކީ މި އަހަރުގެ ކުރީކޮޅު ނެރުނު، "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވި ފަންނާނެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހުންގެ ލޯބި ހޯދި އަނަންޔާގެ ސްޓައިލް ވެސް ވަރަަށް މަގްބޫލެވެ.

ދާދި ފަހުން ބޭއްވި އެވޯޑް ހަފުލާއަކުން ވެސް އަންނަޔާ ވަރަށް ތަފާތުކޮށް ފެނިގެންގޮސްފައި ވާއިރު އޭނާއަށް ވަނީ ފެޝަނާ ގުޅޭ އެވޯޑެއް ވެސް ލިބިފަ އެވެ. އެގޮތުން ހެދުން އެޅުމާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު އަންނަޔާ ވަނީ، ކަރަން ޖޯހަރުގެ އަލަމާރީގައި ހުރި، އައިނުތަކާއި ދަބަސްތަކާއި ބޫޓުތައް ވެސް އޭނާ ބޭނުންވާ ކަމަށާއި ކަރަންގެ ފެޝަން ސްޓައިލް ވަރަށް ބޮޑަށް ކަމުދާ ކަމަށް ބުނެފަ އެވެ.

ޗަންކީ ޕާންޑޭގެ ދަރިފުޅު، އަނަންޔާ ބޮލީވުޑަށް ނެރެދިނީ ކަރަން ޖޯހަރެވެ. އެގޮތުން ސްޓޫޑަންޓް އޮފް ދަ އިޔާ 2 އަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ނެރުނު ފިލްމެކެވެ.

އުމުރުން 21 އަހަރުގެ އަނަންޔާ، މިހާރު އަންނަނީ އޭނާގެ ދެވަނަ ފިލްމުގެ ޕްރޮމޯޝަންތަކުގައި އަވަދިނެތި އުޅެމުންނެވެ. އެއީ ކާތިކް އާރިޔަން އާއި ބޫމީ ޕެޑްނެކާރާއެކު އޭނާ ފެނިގެންދާ ފިލްމު، ޕަތީ ޕަތުނީ އޯރް ވޯ އެވެ. އެ ފިލްމު ނެރޭނީ މިއަދެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް