ads
ހުރަވީ ސްކޫލު--
ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު މަދުކުރަނީ
"ނިއު ނޯމަލް" ގައި ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު މަދުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނި ގޮތުގައި ވަގުތު މަދުކޮށް، ނިއު ނޯމަލްގައި ކިޔަވައިދޭން ނިންމާފައި ވަނީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ ހިޔާލާއި މަޝްވަރާތަކަށް ފަހެވެ. އެގޮތުން ކުރިން 45 މިނެޓަށް ކިޔަވައިދެމުން އައި ނަމަވެސް ދެން މާއްދާއެއް ކިޔަވައިދޭނީ 35 މިނެޓަށެވެ. 

އެ ނިންމުމާއެކު މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ސްކޫލުތަކުގައި ކިޔަވައިދޭނީ އެގޮތުގެ މަތިން ކަމަށް މިނިސްޓްރީން ބުނެ އެވެެ. އެކަމަކު ކުރިއެކޭ އެއްގޮތަށް އާއާންމު ހާލަތުގައި އަމަލުކުރަމުން އައި ގޮތަށް އަތްދޮވުމާއި އެހެނިހެން ކަންކަމަށް އެއް ގަޑިއިރު ލިބޭނެ ގޮތަށް ސެޝަންތަކުގެ ދިގުމިން ހަތަރު ގަޑިއިރަށް ވުރެ ދިގުނުވާނެހެން ހަމަޖެއްސުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އޭގެ އިތުރުން ސާކިއުލާގައި ވަނީ އެ އުސޫލާއި އެއްގޮތަށް ގަޑިތައް ނުނެގޭނަމަ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވެސް އަންގާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ޖުލައި މަހުގެ އެއްވަނަ ދުވަހު މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް އެކަކުން 12 ގެ ކިޔެވުން ފަށާފައެވެ. މާލޭގައި ވެސް ބައެއް ގްރޭޑްތަކަށް ކިޔަވައިދެމުން އައި ނަމަވެސް ކޮވިޑްގެ ކޭސްތައް އިތުރުވެ، މިމަހުގެ ނުވަ ވަނަ ދުވަހު ފަށަން އޮތް ގޮތަށް ކިޔަވައިދިނުން ވަނީ ކުރިއަށް ނުގެންދެވި އެވެ. 

މިނިސްޓްރީން އެންމެ ފަހުން ބުނި ގޮތުގައި މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް ސްކޫލުތައް ބަންދުކުރަން ވަނީ ނިންމާފަ އެވެ. އެކަމަކު ކޮވިޑް ނެތް ރަށުގައި ކިޔަވައިދިނުން ކުރިއަށްދާނެ އެވެ. އަދި މާލެ ސަރަހައްދުގައި އަންނަނީ އޮންލައިން ކްލާސްތައް ހިންގަމުންނެވެ. 

ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށަން ނިންމާފައިވާއިރު މީގެ ކުރިން އޮތް ގޮތުން ފަތުރުވެރިކަމުގެ ހައި ސީޒަނާއި ބޮޑު ޗުއްޓީ ދިމާވާތީ، އަހަރީ ބޮޑު ޗުއްޓީއަށް ބަދަލު ގެންނަން ކުރިން ވެސް އޮތީ ނިންމާފަ އެވެ. މިހާރު އެކަޑެމިކް ކަލަންޑަރަށް ގެނެސްފައިވާ ބަދަލާއެކު މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ މަހުގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް