ads
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ސަރުކާރު ޒިންމާދާރުކުރަން ޑީއާރުޕީއާއި ޕްރޮގްރެސިވް ކޯލިޝަން ގުޅިގެން މަސައްކަތް ފަށަނީ
ސަރުކާރު ޒިންމާދާރުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ގޮތުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ޕްރޮގްރެސިވް ކޯލިޝަން ގުޅިގެން މަސައްކަތް ކުރަން ނިންމައިފި އެވެ.

މިއަދު މެންދުރެއްހާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕާއި ޑީއާރުޕީގެ ލީޑާޝިޕް ބައްދަލުކޮށް މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

އެކަމާއި ގުޅިގެން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިފާއު މިއަދު ސީއެންއެމްއަށް ވިދާޅުވީ މި ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތްތައް އިދިކޮޅާއި ގުޅިގެން ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ. 

ރިފާއު ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން އެ ކޮމިޓީގައި ހިމެނެނީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދުގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ކަމަށެވެ. އަދި ޖޭޕީގެ ފަރާތުން އެ ކޮމިޓީގައި ހިމެނެނީ އެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރެވެ. 

your imageމިއަދުގެ ބައްދަލުވުމުގެ ތެރެއިން--

ރިފާއު ވިދާޅުވި ގޮތުގައި ކޮމެޓީން ސަރުކާރު ޒިންމާދާރުކުރުވުމުގެ ގޮތުން ސްޓެޓެޖީއެއް ވެސް އެކުލަވާލަން ނިންމާފައިވެ އެވެ. އަދި މަސައްކަތް ކުރާނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުންގެ ބޭރުގައި ވެސް ސަރުކާރު ޒިންމާދާރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރުމަށެވެ.

އިދިކޮޅު ކޯލިޝަނުގެ އިތުރުން މިފަހުން ޑީއާރުޕީން ވެސް އަންނަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ. ވަކިން ހާއްސަކޮށް ކޮވިޑާއި ގުޅިގެން މިނިސްޓްރީތަކުން ކުރި ހަރަދުގެ އޮޑިޓް ރިޕޯޓުތައް ނެރުން ފަހުން އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ގެންދަވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީ އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް