ޕީއެސްޖީ ޗެމްޕިއަންސް ލީގު ފައިނަލަށް
އަހުމަދު ފައިސަލް
19 އޯގަސްޓް 2020 - 18:33:59
އާރްބީ ލީޕްޒިގް ބަލިކޮށް ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ޕީއެސްޖީ ފައިނަލަށް ދިޔައީ 3-0 އިން އާރްބީ ލީޕްޒިގް ބަލިކޮށްގެނެވެ.
އާދީއްތަ ދުވަހުގެރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ ބައްދަލުކުރާނީ ސެމީ ފައިނަލުގެ ފަހު މެޗުގައި މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާއި ފްރާންސްގެ އޮލިމްޕިކް ލިޔޯން މެޗުން މޮޅުވާ ބަޔަކާއެވެ.
ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޕީއެސްޖީއަށް ފުރުސަތު ހޯދައިދޭން ލަނޑުތައް ޖަހައިދިނީ މާކީނިއޯސް، ޑި މަރިއާ އަދި ހުއާން ބާނާޓެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް