ads
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަދުރޭ ވާހަކަ ދައްކަނީ
ދާދި އަވަހަށް އަޅުގަނޑުމެންގެ ލަޝްކަރު ނުކުމެ މިރާއްޖެ ފަތަހަކުރާނަން: އަދުރޭ
އިދިކޮޅު ލަޝްކަރު ނުކުމެ ވަރަށް އަވަހަށް ރާއްޖެ ފަތަހަކުރާނެ ކަމަށައި އެގޮތުން ޕީޕީއެމް/ ޕީއެންސީން ރާއްޖޭގެ ވެރިކަމާއި ހަވާލުވާން އެހާ ދުވަސް ދެން ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް މީހުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރޭ އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ސަރުކާރާއި ހަވާލުވެ އެންމެ އިސް މަސްއޫލިއްޔަތަކަށް ވާނީ ދިވެހި ދައުލަތުގެ ހަޒާނާ "ކައި ހުސްކުރި" މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ. އަދި އެންމެ ފުރަތަމަ ހާޒިރުކުރާނެ ފަރާތަކަށް ވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"އަޅުގަނޑު މިދަންނަވަނީ ދާދި އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ލަޝްކަރު ނުކުމެ މިރާއްޖެ ފަތަހަކުރާނަމޭ،"

މިއަދު ރާއްޖޭގެ ވެރިކަމުގައި އޮތީ އެއްވެސް ކުލުނެތް ގައުމަށް ކުރާ ބައެއް ނޫން ކަމަށާއި އެގޮތުން ބަލަބަލާ ތިއްބާ ވަނީ ދިވެހި ދައުލަތުގެ ހަޒާނާ ކައި ހުސްކޮށްފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ބަލާލި ކޮންމެ ދިމާލަކުން މިއަދު ފެންނަނީ ވައްކަން ކުރާ މަންޒަރުކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ، އޮޑިޓެއް ކުރިޔަސް ފެނިގެންދަނީ ވައްކަން ކަމަށެވެ. އެކަމަކު ވައްކަމުގެ ޒިންމާ ނަގާނެ ބަޔަކު ނެތް ކަމަށާއި މިއަދު ފެނިގެންދަނީ ކާނެ ވަރަކަށް ކައިގެން ޒިންމާއިން އެކަހެރިވާ މަންޒަރު ކަމަށެވެ. 

ގައުމު މިފަދަ ހާލަތަކަށް ދިއުމުން ވަގުން ހިފަން ނިކުންނަންޖެހޭ ކަމަށާއި އެގޮތުން މިއަދު ދިވެހި ރައްޔިތުންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ވަގުން ހިފުން ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ފެށިގެން ދަށަށް ތިބި ހުރިހާ މީހުންނަކީ ވެސް ވަގުން ކަމަށާއި ރައީސަށް ވެސް ހެލްތު މިނިސްޓަރު ނުވަތަ ޓޫރިޒަމް މިނިސްޓަރުގެ ބޮލުގައި ކަންކަން އެޅުވުމަށް ފަހު ރެކިވަޑައިނުގަނެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް