ads
ބަޔާންގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޗެމްޕިއަންސް ލީގު ފައިނަލުގެ ފަހު ޖާގަ ވަރުގަދަ ބަޔާން މިއުނިކަށް
ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފަހު ޖާގަ ޖަރުމަނުގެ ބަޔާން މިއުނިކުން ހޯދައިފި އެވެ.

ބަޔާން ފައިނަލަށް ދިޔައީ ފްރާންސްގެ އޮލިމްޕިކް ލިޔޯން 3-0 ބަލކޮށްގެނެވެ. 

ރޭ ކުޅެވުނު ސެމީ ފައިނަލްގެ ފަހު މެޗުގައި ބަޔާން މިއުނިކްގެ ފުރަތަމަ ދެ ގޯލް ޖެހީ ސާޖް ގެނެބްރީ އެވެ. ފަހު ގޯލް ބަޔާނަށް ޖަހައިދިނީ ރަނގަޅު ފޯމެއްގައި ހުރި ރޮބަޓް ލެވޮންޑޮސްކީ އެވެ.

ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބަޔާން މިއުނިކް، ފައިނަލްގައި ނުކުންނާނީ މުޅިން އަލަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދާފައިވާ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް