ads
ބަލި މީހަކު ފްލައިޓަށް އަރުވަނީ--
އިތުރު 18 މީހަކު ބޭސް ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި
އާސަންދައިގެ ދަށުން އިތުރު 36 މީހަކު މިއަދު އިންޑިއާގެ ކޮޗިންއަށް ފުރައިފި އެވެ.

އާސަންދައިން ބުނީ ބޭސްފަރުވާއަށް ދާ ފަސްވަނަ ބެޗް މިއަދު ހަވީރު 16:15 ގައި އިންޑިއާގެ ކޮޗިންއަށް ފުރާފައިވާ ކަމަށާއި އެ ބެޗްގައި އާސަންދައިގެ ހަރަދުގަ 18 ބަލިމީހުންނާއި 18 އެހީތެރިން އަދި 4 މެޑިކަލް އެސްކޯޓުންވަނީ ގޮސްފައި ކަމަށެވެ. 

އެ ބެޗްގެ ބަލި މީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ ހޮސްޕިޓަލުން ކަމަށް ވެސް އާސަންދައިން ބުނެ އެވެ. 

އިންޑިއާ ސަރުކާރުން ވަނީ ރާއްޖެ އިން ނުލިބޭ އިތުރު ފަރުވާ ހޯދުމަށް އިންޑިއާ އަށް ދިއުމަށް ދިވެހިންނަށް ހާއްސަ ހުއްދަ އެއް ދީފައި އެވެ. އެ ހުއްދައިގެ ދަށުން މިހާތަނަށް ފަސް ބެޗެއް ފުރާފައި ވާއިރު، ބަލިމީހުންނާއި އެމީހުންގެ އެހީތެރިންނާއި އެކު 200 އަށް ވުރެ ގިނަ މީހުން ވަނީ މިހާރު އިންޑިއާ އަށް ގެންގޮސްފައި އެވެ.  

އާސަންދައިގެ ދަށުން އިންޑިއާ އަށް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކު ކަމަށް އާސަންދައިން ބުނެ އެވެ. އިންޑިއާއިން ވެސް އެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށާއި އަދި އެ ގައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން އިންޑިއާ ރައްޔިތުން ނޫން އެހެން މީހުންނަށް އެގައުމަށް މިވަގުތު ނުވަދެވެ އެވެ. އެހެންނަމަވެސް އެހެން ގައުމުތަކަށް ދީފައިނުވާ ހާއްސަ ހުއްދައެއް ވަނީ ރާއްޖެއަށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް