ads
ސާރާ އަލީ ހާން--
އާންމުވި ވީޑިއޯއަކާއެކު މިފަހަރު ފާޑުކިޔުން އަމާޒުވީ ސާރާއަށް
އެންމެ ފަހުން ނެޕޮޓިޒަމްއާ ގުޅިގެން ކުރެވޭ ބަހުސްގެ ތެރެއަށް ޒުވާން ތަރި، ސާރާ އަލީ ހާން ވެސް މިވަނީ ވައްދާފަ އެވެ. އެކަމެއް ދިމާވެފައި ވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީއާއެކު އޭނާ މީގެ ކުރިން ބައިވެރިވި ޝޯއެއްގެ ތެރޭގައި ދެއްކި ވާހަކަތަކެއް ވައިރަލްވެގެންނެވެ.

އާންމުވި ވީޑިއޯގައި ރޯހިތު ވަނީ އެއް ދުވަހެއްގައި އޭނާގެ އޮފީހަށް ސާރާ އައިސް މަސައްކަތެއް ދިނުމަށް އާދޭސްކުރި ކަމަށް ބުނެފަ އެވެ. އެ ވާހަކަ ދެއްކިއިރު ސާރާ ވެސް ކައިރިގައި އިނދެ އެވެ. 

އެ ވީޑިއޯ ވައިރަލްވެ ފާޑުކިޔުން ސާރާއަށް އަމާޒުކުރާ މީހުން ބުނީ ތަރިންގެ ދަރިން ފިލްމުތަކުން މަސައްކަތް ހޯދަން އެހާ ފޯރި ހުންނަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް ބުނެފަ އެވެ. އަދި ރޯހިތު ކައިރިއަށް ގޮސް އާދޭސް ކުރަން ޖެހުމަކީ ދާއިރާއަށް ވަނުމަށް އުފުލި ތަކުލީފެއް ކަމަށް ބެލެވޭނެ ޖާގައެއް ވެސް ނެތް ކަމަށް މީހުން ބުނެ އެވެ.

ކޮލަމްބިއާ ޔުނިވާސިޓީން ކިޔަވައިގެން ހުރި ސާރާ ވަނީ އޭނާ ފިލްމީ ދާއިރާއަށް ހުރި ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. 

އަދި ނެޕޮޓިޒަމްއާ ގުޅިގެން ދެކެވޭ ވާހަކަތަކަށް އެއްބަސްވެ މީގެ ކުރިން ވެސް ސާރާ ވަނީ ފިލްމީ ދާއިރާއަށް ނިސްބަތް ނުވާ ފަރާތްތައް ފިލްމީ ދާއިރާއަށް ނިކުމެ އުޅެނީ ވަރަށް ހާލުގައި ކަމަށް ބުނެފަ އެވެ.

ކެދާނަތުން 2018 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ސާރާ ވަނީ ހަމަ އެ އަހަރު ރަންވީރު ސިންގްއާއެކު "ސިމްބާ" އިން ފެނިގެން ގޮސްފަ އެވެ. އަދި އެންމެ ފަހުން ލަވް އާޖް ކަލް އިން ފެނިގެންދިޔަ ސާރާގެ ކުރިއަށް ދެ ފިލްމެއް އެބަ އޮތެވެ. އެއީ ކޫލީ ނަމްބަރު ވަން އާއި އަތްރަންގީ ރޭ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް