ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް--
ޔޫތު މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތައް އާންމުކުރަނީ
ޔޫތު މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތައް އަންނަ ހަފްތާއިން ފެށިގެން އާންމުކުރަން ނިންމާފައިވާކަމަށް މިނިސްޓާ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓްރީގެ ބިޑު ކޮމިޓީން ކުރާ އިވެލުއޭޝަންތައް އަންނަ ހަފްތާއިން ފެށިގެން އާންމުކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތަކުގެ ހިމެނޭ މައުލޫމާތުތައް އާންމުކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ މައުލޫމާތުތަކަކީ ބިޑްކުރާ ހުރިހާ ފަރާތްތަކަށް މުހިންމު މައުލޫމާތަކަށް ވެގެންދާނެ ކަމަށެވެ.


ދައުލަތުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ނޭޝަނަލް ޓެންޑާ މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާ، މިދިޔަ ހަފުތާ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވެސް ވަނީ އާންމުކުރަން ފަށާފައެވެ. 

ފިނޭންސް މިނިސްޓްރީން ވަނީ އިވެލުއޭޝަން މަރުޙަލާގެ ހުލާސާގައި ބީލަމަށް ކުރިމަތިލީ ފަރާތްތަކާ، އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާއި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން އެނގޭނޭހެން ބަޔާންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް