ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
މި ސަރުކާރުގައި ވައްކަން ގިނަ ކަމަށް ބުނާތީ ނަޝީދު ރައްްދު ދެއްވައިފި
މި ސަރުކާރުގައި ވައްކަން އިތުރުވެފައިވާ ކަމަށް ވާދަވެރި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތާކައި ގުޅިގެން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވާދަވެރި ޕާޓީތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތު ގިނަ ކަމަށް ބުނާއިރު މި ސަރުކާރުން އަންނަނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހަށް ޖާގަދީ ކަންކަން ފާހަގަކޮށް އިސްލާހުކުރަން މަސައްކަތްކުރަމުންކަން ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. 

އިދިކޮޅު ފަރާތްތަކަށް އަމާޒުކުރައްވާ ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި މަޖިލީހަށް ވައްދާފައި ވަނީ އެމްއެންޑީއެފް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައި އެވަނީ ކުރިން ރައީސް ޔާމީނުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރުމުން އެ މެމްބަރުން ނެރުމަށް އެތަނަށް ސިފައިން ވެއްދި މައްސަލައާ ގުޅިގެންނެވެ.

ކޮވިޑް-19 އާ ގުޅިގެން އެކި އިދާރާތަކުން ކޮށްފައިވާ ހަރަދުތައް ބެލުމަށް އޮޑިޓެއް ހަދާއި އެ އޮޑިޓް ރިޕޯޓުތައް އާންމުކުރަން ފެށި ހިސާބުން އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ބޮލުގައި ވައްކަމުގެ ތުހުމަތު ކުރާ މިންވަރު އިތުރުވެފައިވާއިރު، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ގެންދަވަނީ އެކަމުގައި ވެސް ގޯސްތަކެއް އުޅޭކަން އެނގުނީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އެކަމުގެ އޮޑިޓެއް ކުރަން ހުށަހަޅުމުން ކަމަށް ބުނެ ރައްދު ދެއްވަމުންނެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް