ads
ކިޔަަވަންދާ ދަރިވަރުން--
މެލޭޝިއާގައި ކިޔަވާ 50 ދަރިވަރަކު އެ ގައުމަށް ފޮނުވައިދީފި
ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަނބުރާ މެލޭޝިއާއަށް ނުދެވި ތިބި 50 ދިވެހި ދަރިވަރަކު އެ ގައުމަށް ފޮނުވައިދީފި އެވެ.

އޭސް ޓްރެވަލްސް އިން ޗާޓަރު ކުރި ފްލައިޓެއްގައި މިއަދު ހެނދުނު 9:00 ގައި އެ ދަރިވަރުން މެލޭޝިއާއަށް ފުރާފައިވާ ކަމަށް އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ސީއެންއެމްއަށް ވިދާޅުވެ އެވެ. 

ހުއްދަ ހޯދުމުގައި ދިމާވި ލަސްތަކަކާއެކު މިމަހުގެ 17 ގައި ބާއްވަން ރޭވި ދަތުރު ނުބޭއްވުން ނަމަވެސް ފިރާގު ވިދާޅުވީ ހުއްދަ ލިބިފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިތުރުން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާގެ ވެސް ވާހަކަ ދައްކައިގެން ކަމަށެވެ.

މޯލްޑިވިއަންގެ ބޯޓެއް ޗާޓަރުކޮށްގެން މެލޭޝިއާގައި ކިޔަވަމުން އައި 50 ދިވެހި ދަރިވަރުން އެ ގައުމަށް ފޮނުވާލަދީފައިވާއިރު ފިރާގު ވިދާޅުވި ގޮތުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އަނބުރާ ކިޔަވަން ނުދެވިގެން ބައެއް ދަރިވަރުން އައިސް ވަނީ ދަތުރެއް ހަމަޖައްސައިދިނުމަށް އެދިފަ އެވެ.

ކޮވިޑާއި ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދަތުރުކުރެވެނީ ވަކި ހާއްސަ ހުއްދަތަކެއް ހޯދައިގެންނެވެ. މެލޭޝިއާގެ ބޯޑަރު ވެސް މިވަގުތު ބަންދުކޮށްފައި އޮތްނަމަވެސް މި މަސް ނިމުމުން އެގައުމުގެ ބޯޑަރު ވެސް ހުޅުވާލާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް