ads
ފޮނަދޫ މަތިން ފެނުނު އާދަޔާ ހިލާފު ވިލާގަނޑުގެ ހަގީގަތަކީ ކޮބާ؟
މިދިޔަ ހޯމަ ދުވަހުގެ މެންދުރު ދިވެހިން އާޝޯހު ކޮށްލީ ލ. ފޮނަދޫ މަތިން އާދަޔާ ހިލާފު 'ވިލާ ގަނޑެއް' ނުވަތަ 'އަލިގަނޑެއް' ފެނިގެނެވެ.
މިދިޔަ ހޯމަ ދުވަހުގެ މެންދުރު ދިވެހިން އާޝޯހު ކޮށްލީ ލ. ފޮނަދޫ މަތިން އާދަޔާ ހިލާފު 'ވިލާ ގަނޑެއް' ނުވަތަ 'އަލިގަނޑެއް' ފެނިގެނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯތަކުން ފެންނަނީ ރީނދޫ، ފެހި، ނޫ އަދި ރަތް ކުލައިގެ ވިލާ ގަނޑެކެވެ. އެއީ ވިއްސާރަ ދުންޏަކަށްވެސް ނުވާއެއްޗެކެވެ.

މި ފޮޓޯ ވައިރަލް ވުމާއެކު ދިވެހިރާއްޖޭގައި ހުރި ވިޝުއަލް ދާއިރާގެ އެންމެ ފުންނާބު އުސް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެފައި ވަނީ އެއީ 'ރެއިންބޯ އެފެކްޓް' އެއްކަމަށެވެ.

"މިއީ ރެއިންބޯ އެފެކްޓުގެ ސަބަބުން މެދުވެރިވާކަމެއް. މިހެން މެދުވެރިވާކަމަށް އެންމެ ބެލެވޭ ސަބަބަކީ ފެނުން އުފެދިވައިވާ ވިލާތައް ޖެޓުގެ ދުމާއި އެއްވުން" ފޮޓޯއާ ގުޅޭގޮތުން އުގެއިލް ވިދާޅުވެފައިވެއެވެ.

މިއީ އާންމުކަމެއްތަ؟

މިއީ ބާރު ސްޕީޑުގައި ދުއްވާ ޖެޓުތަކުން ނުކުންނަ ދުމާއި އާވި ވިލާއެކުވުމުން އާންމުކޮށް ހިނގާކަމެކެވެ. ނަމަވެސް އެފަދަ މަންޒަރެއް އާންމުކޮށް މީހުންނަށް ފެނި ފޮޓޯ ނެގުމުގެ ފުރުސަތު ލިބެނީ ނުހަނު މަދުންނެވެ.

މިފަދަ ފޮޓޯތަކެއް 2016 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި ފޮޓޯގްރާފަރެއް އާންމުކޮށް ދުނިޔޭގެ މީޑިއާގެ ސަމާލުކަން ހޯދިއެވެ.

ޖަޕާނުގެ ކަގާޔާ ކިޔާ އެ ފޮޓޯގްރާފަރު އެ ފޮޓޯތައް ނަގާފައިވަނީ އާދަޔާ ހިލާފަށް ދިގު ޓެލެފޮޓޯ ލެންސެއް ބޭނުންކޮށްގެނެވެ.




"މިއީ އަދާހިލާފު މަންޒަރަކަށް ވާތީ ވަރަށް ދިގު ޓެލެ ފޮޓޯ ލެންސެއް ބޭނުންކޮށް އަޅުގަނޑު މި ފޮޓޯތައް ނެގީ" ޓެލެގްރާފް އަށް ދިން އިންޓަވިއުއެއްގައި ކަގާޔާ ބުނެފައިވެއެވެ.

ވެދާ ޑޮޓް ކޮމް ގެ ސީނިއާ މީޓްރޮލޮޖިސްޓު ނިކް ވިލްޓެން ވިދާޅުވެފައި މިފަދަ އަލިގަނޑެއް އުފެދިފައިވާއިރު އެކި އޭންގަލްތަކުން ބަލާ މީހުންނަށް އަލިފަނޑު ފެންނަގޮތް ތަފާތުވާނެކަމަށެވެ.

"އިރުގެ އަލި ވިލާގަނޑުގެ ފެންތައް ނުވަތަ އައިސްގެ ތެރެއިން ވާސިލުވާނީ ތަފާތު ވޭވް ލެންތުތަކުގައި. އަޅުގަނޑުމެންނަށް ތަފާތު ކުލަތަކުން ފެންނައިރު ތަފާތު އޭންގަލް ތަކުން ބެލުމުން ކުލަތައް ފެންނަގޮތުގައި ވެސް ތަފާތުތަކެއް ހުންނާނެ،" ވިލްޓެން ވިދާޅުވެފައިވެއެވެ.

މިހެންކަމުން ފޮނަދޫ މަތިން ފެނުނު އާދަޔާހިލާފު ވިލާގަނޑަކީ ގުދުރަތީގޮތުން އުފެދިފައިވާ ވިލާތަކުގެ ތެރެއިން ބާރު ސްޕީޑުގައި ޖެޓެއް ދުއްވާފައި ދިއުމުގެ ސަބަބުން ވީކަމެއްކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް