ads
ވޫހާންގައި ބޭއްވި ވޯޓާ ޕާޓީގެ ތެރެއިން--
އެހެން ގައުމުތަކުން ކޮވިޑް ކޮންޓްރޯލްކުރަން ފިޔަވަޅު ނޭޅުމަކީ އަހަރެމެންގެ ކުށެއް ނޫން: ޗައިނާ
މިދިޔަ އަހަރުގެ ފަހުކޮޅު ކޮވިޑް-19 އެންމެ ފުރަތަމަ ފެނިގެންދިޔަ ޗައިނާގެ ވޫހާން ސިޓީގައި އެތައް ހާސް ބަޔަކު އެއްތަންވެ ޕާޓީކުރަމުންދިޔަ ވީޑިއޯއާއި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިވަނީ އެގައުމަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

ވޫހާން ސިޓީގެ ވޯޓާ ޕާކެއްގައި އެތައް ހާސް ބަޔަކު އެއްތަންވެ، ޕާޓީކުރަމުންދިޔައީ މާސްކް ނާޅާއި، އިޖުތިމާއީ ގައިދުރުކަމަށް ވެސް ބެލުމެއް ނެތި އެވެ. އެކަމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުކުރި މީހުންގެ ކަންބޮޑުވުމަކީ ދުނިޔޭގައި ބޮޑު ބަލި މަޑުކަމެއް ފެތުރެމުންދާއިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމެއް ނެތި އެފަދަ ޕާޓީއެއް ބޭއްވުމުންނެވެ. 

ވުހާނުން ފެނިގެންދިޔަ އެ އަމަލަކީ ދުނިޔޭގެ އަޑިއަޅާލާފައިވާ އިގްތިސޯދު އިތުރަށް އަޑިއަޅާލާއި ގައުމުތަކަށް އިތުރަށް ލިބިދާނެ ގެއްލުމެއްގެ ގޮތުގައި އަނެއް ބަޔަކު ބުނެފައި ވަނީ އެ އަމަލުގެ ސަބަބުން ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެތީ އެވެ. 

ޖެނުއަރީ މަހުގެ ތެރޭގައި ހޫބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާނުން ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވާން ފެށުމާއެކު އެ ސިޓީގައި 76 ދުވަހަށް ދެމިގެންދިޔަ ހަރުކަށި ލޮކްޑައުނެއް އިއުލާންކުރި އެވެ. މުޅި ސިޓީ އެކީ އެކަށް ހުއްޓުމަކަށް ގެނެސް، ޗައިނާ އިން ކޮވިޑް ބޮޑު ތަނުން ކޮންޓްރޯލްކުރިއިރު އެގައުމުން ވަނީ އާންމު ދިރިއުޅުމަށް އެނބުރި އައިސްފަ އެވެ. އަދި ބޮޑު ޕާޓީއެއް ވެސް ބާއްވާފައި މިވަނީ އެކަމުގެ އުފަލުގަ އެވެ.

ދުނިޔޭގެ ގައުމުތައް ކޮވިޑްގައި ގެނބެމުންދާއިރު ޗައިނާއިން އެފަދަ ގޮތަކަށް އަމަލުކުރުމާއެކު އަމާޒުވެފައިވާ ފާޑުކިޔުމާއި ގުޅިގެން އެގައުމުން ވަނީ އެހެން ގައުމުތަކުން ކޮވިޑް ކޮންޓްރޯލްކުރަން ވަރުގަދަ އަދި ހަރުކަށި ފިޔަވަޅުތައް ނޭޅުމަކީ އެގައުމުގެ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

މުޅި ޗައިނާއިން 89000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނުއިރު އޭގެ ތެރެއިން 68000 އަށް ވުރެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނީ ވޫހާނުންނެވެ. އަދި އެގައުމުގައި މަރުވި މީހުންގެ އަދަދު އުޅެނީ 4634 ގަ އެވެ.

އޭޕްރީލްގައި އެގައުމުގައި ލުއިތައް ދޭން ފެށި ނަމަވެސް އަލުން ކޭސްތައް ފެންނަން ފެށުމާއެކު ބައެއް ފިޔަވަޅުތައް ވަނީ އަނެއްކާ ވެސް އަޅާފަ އެވެ.

މިހާރު މުޅި ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 23 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު އެންމެ ބޮޑަށް ބަލި ފެތުރެމުންދާ ގައުމުގެ ގޮތުގައި އޮތީ އެމެރިކާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑަށް ބަލި ފެތުރެމުންދާ ގައުމުގެ ގޮތުގައި ބްރެޒިލް އޮތްއިރު ދެން އެންމެ އަވަހަށް އަދި އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވަނީ އަވަށްޓެރި އިންޑިއާ އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް