ads
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރް ޖެނެރެލް ޑރ. ޓެޑްރޯސް އަދަނޮމް--
ދެ އަހަރުގެ ތެރޭގައި ބަލިމަޑުކަން ނިމޭނެކަމުގެ އުއްމީދު އެބަ އޮތް
ދެ އަހަރު ދުވަހުގެ ތެރޭގައި ކޮރޯނާވައިރަސް ބަލިމަޑުކަން ނިމުމަކަށް އަންނާނެކަމުގެ އުއްމީދު ކުރެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ވިދާޅުވެއްޖެ އެވެ.

އިއްޔެ ޖެނީވާގައި އޮތް ބައްދަލުވުމެއްގައި ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ 1918 ވަނަ އަހަރުގެ ސްޕެނިޝް ފްލޫ ބަލިމަޑުކަން ވެސް ދެ އަހަރުގެ ތެރޭގައި ނިމުމަކަށް އައި ކަމަށެވެ. 

އެކަމަކު މި ޒަމާނުގެ ޓެކްނޮލޮޖީ ކުރިއެރުންތަކާއެކު އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ވައިރަސް ހުއްޓުމަކަށް އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ ގަރުނެއް ކުރިން 1918 ގައި އައި ބަލިމަޑުކަމުގައި މުޅި ދުނިޔެއިން ގާތްގަނޑަކަށް 50 މިލިއަން މީހުން މަރުވި އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮރޯނާވައިރަހުގައި މިހާތަނަށް 800،000 މީހުން ވަނީ މަރުވެފަ އެވެ. އަދި ޖުމްލަ 22.7 މިލިއަން މީހުން ވަނީ އެ ވައިރަހުން ޖެހޭ ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް