ads
ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: މަޖިލިސް
މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނަން: ޑީއާރްޕީ
ކޮރަޕްޝަނުގެ ކުށް ސާބިތުވެ، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ނާއިންސާފުން އަމަލުކުރަމުންދާ ކަމުގެ ތުހުމަތާއެކު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރުގެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނީ ގައިދީންނާ މެދު އެއް ހަމަޔަކުން އަމަލު ކުރަން ޖެހޭއިރު، ޔާމީނަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދެއްވުމުން މިނިސްޓަރު އިމްރާނުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. 

"ޖަލުގައި ތިބި ގައިދީންނަށް އެއް ހަމަޔަކުން އަމަލުކުރަން ޖެހޭއިރު، ރައީސް ޔާމީނަށް ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދެއްވާ ބެހެއްޓުމުން ހޯމް މިނިސްޓަރު އިމްރާނުގެ އިތުބާރު ވަނީ ގެއްލިފައި. ސުޕްރީން ކޯޓުން ގޮތެއް ނިންމަންދެން ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރައްވާ،" އެ ޓްވީޓުގައި ވެއެވެ.

އޭގެ އިތުރުން އެ ޕާޓީން ކުރި ޓްވީޓުގައި ބުނެފައި ވަނީ އެގޮތަށް އަމަލު ނުކޮށްފި ނަމަ "ހޯމަ ދުވަހު ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވައްދާނަން" ކަމަށެވެ. އަދި "އޭގެ ކުރިން މަޝްވަރާއަށް ތައްޔާރު" ކަމަށް ވެސް ބުނެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް