ads
ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުން-- ފޮޓޯ: ޓުވިޓާ
ކޯލިޝަން ލީޑަރުންގެ ބައްދަލުވުމަށް މިވީ ކިހިނެއް؟
ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް މި ދިޔަ އޮކްޓޯބަރުމަހުގެ ކުރީކޮޅު ބާއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު، ޑިސެމްބަރުމަސް ފެށުނު އިރުވެސް އަދި އެ ބައްދަލުވުމެއް ނުބޭއްވެއެވެ.
ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވާއިރު، ޑިސެމްބަރު މަސް ފެށުނު އިރު ވެސް އަދި އެ ބައްދަލުވުމެއް ނުބޭއްވެ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ދުރާލައި ލީޑަރުންނަށް ވަގުތު ދެއްވުމަށް ފަހު އޮކްޓޯބަރު މަހުގެ ކުރީކޮޅު ބައްދަލުވުން ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބްގައި ކޯލިޝަން ޕާޓީތަކުން ވާދަކުރާނެ ގޮތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދާލުމަށް "ސީއެންއެމް" އިން ގުޅާލުމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އާންމު ގޮތެއްގައި ލީޑަރުންގެ ބައްދަލުވުމުގެ ކަންތައްތައް އިންތިޒާމް ކުރަމުން އަންނަނީ ސިޔާސީ ޕާޓީތަކުން ކަމަށާއި، ބައްދަލުވުމެއް އޮކްޓޯބަރު މަހު ކުރީކޮޅު ބާއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާތީ، އެކަމާއި ގުޅޭ ގޮތުން ރައީސް އާއި މަޝްވަރާ ކުރެއްވުމަށް ފަހު، މާދަމާ ޖަވާބެއް ދެއްވާނެ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އެވެ. ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުންގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވައިފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގަ އެވެ.

ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައެވެ.

ކޯލިޝަން ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު، އިންތިޚާބުގައި ޕާޓީތަކުން ނިކުންނާނެ ގޮތާއި ގުޅޭ ގޮތުންނެވެ. އޭރު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު އަދި މިހާތަނަށް އައިއިރުވެސް ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވަމުން ގެެންދަވަނީ ފަސް އަހަރަށް ކޯލިޝަން ދެމިގެންދާނެ ކަމަށެވެ. ނަމަވެސް ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖޭޕީއިން މަޖިލިސް ތެރޭގައި ސަރުކާރަށް އެއްބާރުލުން ދޭ މަންޒަރެއް ނުފެެނެ އެވެ. އެގޮތުން ސަރުކާރުން ހުށަހެޅި ވިސްލްބްލޯވަ ބިލާއި، ފަނޑިޔާރުން ވަކިކުރުމާއި ގުޅޭ މައްސަލައަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވޯޓު ދެއްވާފައެއް ނުވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް