ads
އެސްޓީއޯ/ ފޮޓޯ:ރާއްޖެއެމްވީ
އެސްޓީއޯގެ ހިއްސާއަކަށް ޖެހޭ އަދަދު ދަށް ނުވެ އެއް ވަރެއްގައި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފައިދާއިން ހިއްސާއަކަށް ޖެހޭ އަދަދު ދަށް ނުވެ އެއް ވަރެއްގައި ހިފެހެއްޓިއްޖެ އެވެ.

އެސްޓީއޯއިން ބުނީ ހިއްސާއަކަށް 58 ރުފިޔާ ބަހަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ދެން ހުށަހަޅާނީ އަހަރީ އާއްމު ޖަލްސާ އަށެވެ. 

އަހަރީ އާއްމު ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ފާއިތުވި ދެ އަހަރުވެސް އެސްޓީއޯއިން ހިއްސާއަކަށް ބަހާފައި ވަނީ 58 ރުފިޔާ އެވެ. 

މި އަހަރު އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ 30 އޮގަސްޓް ވާ އާދީއްތަ ދުވަހުގެ ހަވީރު 04:00 ގައެވެ. 

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ހިއްސާދާރުން އެއްވެ ޖަލްސާ ބޭއްވުމުގެ ބަދަލުގައި، މި ފަހަރު ޖަލްސާ އޮންނާނީ ވާޗުއަލްކޮށް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ 95 ޕަސެންޓު އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް