ads
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު
ރާއްޖެ ވިއްކުމާ ދެކޮޅަށް އަތޮޅުތެރޭގެ ރަށްތަކުގައި އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަން ނިންމައިފި
މިސަރުކާރުން ދިވެހިރާއްޖެ ދަރަނިވެރި ކުރުވާ ބޭރުގައުމުތަކުން ބޮޑެތި ލޯނު ނަގަމުންދާތީ އެކަމާ ދެކޮޅަށް އަތޮޅު ތެރޭގައި މުޒާހަރާ ކުރުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ މިސަރުކާރުން ދިވެހިރާއްޖެ ދަރަނިވެރި ކުރުވާ ރާއްޖޭގެ ހަރުމުދާތައް މޯގޭޖު ކޮށްގެން ލޯނު ނަގަމުން ދާތީ އެކަމާ ދެކޮޅަށް މާލެ ސަރަހައްދު ފިޔަވާ އަތޮޅުތެރޭގެ އެހެން ހުރިހާ ރަށެއްގައި "ރާއްޖެ ވިއްކުމާ ދެކޮޅަށް" މިނަމުގައި މުޒާހަރާ ކުރުމަށް ނިންމަފައިވާކަމަށެވެ.

ޝުޖާއު ވިދާޅުވީ މުޒާހަރާ އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. އަދި މި މުޒާހަރާ ތަކަކީ ސުލްހަވެރި ކަމަާއިއެކު ކުރިއަށް ދާނެ މުޒާހަރާތަކެއް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިއަދުގެ ސަރުކާރުން ކުރިން އިދިކޮޅު ފަރާތެއްގެ ގޮތުގައި އޮތް އިރު އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއަށް ރާއްޖޭގެ 12 ފަޅު ރަށެށް ވިއްކާލި ވާހަކަ ކަމަށެވެ.

އެކަމަކު ޔާމީން އަކީ ރާއްޖޭގެ ހަރުމުދާ ވިއްކައިގެން ރާއްޖެ ތަރައްގީ ކުރާނެ ބޭފުޅެއް ނޫންކަން ހުރިހާ ދިވެހި ރައްޔިތުންވެސް ދަންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އަވެއްޓެރި ގައުމުތަކުން ބޮޑެތި ލޯނުތައް މިސަރުކާރުން ނަގަމުން އަންނަ އިރު ރާއްޖޭގެ މިނިވަންކަން ގެއްލޭ ހާލަތަށް ގޮސްފައިވާ ކަމަށް އަޑުތައް އިވޭ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ބައެއް އެއާޕޯޓުތައް ދިގު މުއްދަތައް ކުއްޔަށް ދިނުމާ އައްޑޫ ސިޓީގެ ބައެއް ދިގު މުއްދަތަށް ކުއްޔަށް ދިނުން ހިމެނޭ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

އެހެންވީމާ ރައްޔިތުންނަށް ހައްގުވާ މިންވަރު ކަށަވަރު ވޭތޯ މިއީ ކޮންމެ ދިވެހި ރައްޔިތަކުވެސް މިއަދު ކޮށްލުން ރަނގަޅު ސުވާލެއް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

އެޓޯލް ކޯޑިނޭޝަން ކޮމެޓީގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ މާލެ ސަރަހައްދު ފިޔަވާ މީހުން އުޅޭ އެހެން ހުރިހާ ރަށެއްގައި އަންނަ ހުކުރު ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:000 އަށް މުޒާހަރާ ކުރިއަށް ދާނެ ކަމަށެވެ.

މުއާޒު ވިދާޅުވީ ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ މުޒާހަރާތަކުގައި މިސަރުކާރުން ކުރަމުން ގެންދާ ނޭއްގާނީ ކަންތައްތަކާޢި ދެކޮޅަށް އަޑުއެފުލާނެ ކަމަށެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މެމްބަރުންގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންނަށްވެސް އެ މުޒާހަރާތަކަށް ދައުވަތު ދޭ ކަމަށް މުއާޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް