ads
އަލްއުސްތާޛު އިބްރާހީމް ވަހީދު އަލީ--
23 އަހަރުގެ ހިދުމަތަށް ފަހު އިބްރާހީމް ވަހީދު އަލީ ޝަރުއީ ދާއިރާއިން ރިޓަޔާ ކުރައްވައިފި
ޝަރުއީ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްއުސްތާޒު އިބްރާހީމް ވަހީދު އަލީ ރިޓަޔަ ކުރައްވައިފި އެވެ.

އިބްރާހީމް ވަހީދު އަލީ ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް، ހާއްސަކޮށް ޝަރުއީ ދާއިރާއަށް، ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަދު ވަނީ ހަނދާނީ ފިލައެއްވެސް އަރުވާފަ އެވެ.

your imageހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަދު ވަނީ ހަނދާނީ ފިލައެއްވެސް އަރުވާފަ—

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިބްރާހީމް ވަހީދު އަލީ ވިދާޅުވީ އޭނާ އެންމެ ހިތާމަ ކުރައްވަނީ ރިޓަޔާ ވެގެން ވަޑައިގަންނަވާއިރު ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ މިހާލަތާއި ގުޅިގެން އޭނާއާއެކު މަސައްކަތްކުރެއްވި މުވައްޒަފުންނާއި އެއްތަނަކުން ބައްދަލުކޮށް ނުލެވޭތީ ކަމުގައެވެ. 

އެހެންނަމަވެސް މުވައްޒަފުންނަށް އޮތް އިލްތިމާސްއަކީ ކޮންމެ މުވައްޒަފަކުވެސް ވަޒީފާ އަދާކުރުމުގައި ތެދުވެރިވުމަށާއި އަމާނާތްތެރިވުމަށާއި އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން މަސައްކަތްކުރެއްވުމަށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އަބަދުވެސް ހުންނަވާނީ ޝަރުއީދާއިރާގެ އެކުވެރިއެއް ގޮތުގައި ކަމަށާއި އެހީތެރިކަން ބޭނުންވެލެއްވި ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

your imageއަލްއުސްތާޛު އިބްރާހީމް ވަހީދު އަލީ

އިބްރާހީމް ވަހީދު އަލީ އަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން އަރަބި ބަހުގެ ރޮނގުން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި އަރަބިބަހުގެ އުސްތާޛެއްވެސްމެއެވެ. އަދި 2016 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވެސް ވަނީ ފުރިހަމަ ކުރައްވާފައިވެއެވެ.

އިބްރާހީމް ވަހީދު އަލީ ޝަރުޢީދާއިރާގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ 1997 ވަނަ އަހަރު އެވެ. އެގޮތުން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ކޯޓު ނަންބަރު 1 ގެ ގާޒީ ކަމުގެ މަޤާމާއި، މަދަނީ ކޯޓުގެ ޤާޟީ ކަމުގެ މަޤާމާއި، ޖިނާޢީ ކޯޓުގެ ގާޒީ ކަމުގެ މަޤާމްގެ އިތުރުން އާއިލާއާ ބެހޭ ކޯޓުގެ ގާޒީ ކަމުގެ މަޤާމާއި އާއިލާ އާ ބެހޭ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ކަމުގެ މަޤާމް އަދި ޢާއިލާއާ ބެހޭކޯޓުގެ މަޢުޒޫނު ކަމުގެ މަޤާމްވެސް ފުރުއްވާފައިވެއެވެ.

އަދި ޚާއްޞަ މަޢުޒޫނު ކަމުގެ މަޤާމާއި މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަޤާމާއި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަޤާމްގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަޤާމް އަދި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑަމީ ގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަޤާމުވެސް ވަނީ ފުރުއްވާފައެވެ.

your imageއަލްއުސްތާޛު އިބްރާހީމް ވަހީދު އަލީ—

އިބްރާހީމް ވަހީދު އަލީ އަކީ ޝަރުއީދާއިރާއަށް މެދުނުކެނޑި 23 އަހަރަށް ވުރެ ގިނަދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް