ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާ މުހައްމަދު-- ފޮޓޯ: ހެލްތު މިނިސްޓްރީ
މިނިސްޓަރު އަމީން އާއި ބިޑް ކޮމެޓީ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި
ކޮވިޑް19 އާއި ގުޅިގެން ހެލްތުމިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާއި ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ހެލްތު މިނިސްޓަރު އަމީން އާއި އެމިނިސްޓްރީގެ ބިޑް ކޮމެޓީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރަން ނިންމާފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

މިނިސްޓަރު އަމީން މާދަމާ މަޖިލީހަށް ހާޒިރު ކުރާ އިރު އެމަނިކުފާނު ވަނީ މަގާމުގެ މަސްއޫލިއްޔަތުން އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގެންފައެވެ.

އަމީން މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތީ ކޮވިޑް-19 އާ ގުޅިގެން އޮޑިޓް އޮފީހުން ނެރުނު ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވުނު ކަންކަމާއި ގުޅިގެންނެވެ.

ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. ހެލްތު މިނިސްޓްރީގެ ބިޑްކޮމެޓީގައި 10 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ކޮވިޑް19 އާއި ގުޅިގެން ހެލްތުމިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާ ކަންކަން ތަހުގީގު ކުރުމަށް ފުލުހުންނަށާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

 އެރިޕޯޓުގައި ހެލްތު މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީން ކޮވިޑް 19 އާއި ގުޅިގެން ކުރި ޚަރަދު ތަކުގައި ކޮރަޕްޝަންގެ ގިނަ ކަންކަން ފާހަގަކުރެވެއެވެ. ހެލްތު މިނިސްޓްރީން ޚަރަދުތައް ކޮށްފައިވަނީ ގަވާއިދުތަކާއި އުސޫލްތަކާއި ހިލާފަށްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑް19 އާއި ގުޅިގެން ވެންޓިލޭޓަރުތަް ގަތުމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން

75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލް ޓްރޭޑިންއަށް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 30.9 މިލިއަން ރުފިޔާ އަމިއްލަ މީހެއްގެ ބޭންކު އެކައުންޓަށް ޖަމާކުރަން ހެލްތު މިނިސްޓްރީން މަސައްކަތް ކުރިކަމަށް ވެއެވެ.

އަދި އެ ފައިސާ އެ އެކައުންޓަށް ޖަމާ ނުކުރެވުނީ އެކަން ފިނޭންސް މިނިސްޓްރީން ރިޖެކްޓު ކުރުމުން ކަމަށްވެސް ރިޕޯޓުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް